ޚަބަރު

ދެކުނު އޭޝިޔާ ގައުމުތަކަށް ވިސާ ދިނުން ވެސް ހުއްޓައިލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދެކުނު އޭޝިޔާގެ ގައުމުތަކަށް ވިސާ ދޫކުރުން ވެސް ހުއްޓައިލައިފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އޭޖަންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، 13 މެއި އިން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކަށް ޓުއަރިސްޓު ވިސާ ދޫކުރުން ހުއްޓާލާނެ ކަމަށެވެ.

މީގެ އިތުރުން ވެސް އެޗްޕީއޭއިން ވަނީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ކެފޭ ރެސްޓޯރެންޓްތަކުގެ ތެރޭގައި ތިބެ ކެއުންބުއިން މަނާ ކުރުމާއި ހަވީރު 4 އިން ފެށިގެން ފަތިހު 4 އަށް އާންމުން ބޭރަށް ނިކުމެ އުޅުން މަނާކުރުން ހިމެނެއެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު އަންނަނީ އެތައް ގުނައަކަށް ބޮޑު ވަމުންނެވެ. ފަހަކަށް އައިސް ކޮވިޑަށް ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު، 1،000 އިން މަތީގައި އުޅޭއިރު، އިއްޔެ އެކަނި ވެސް 1،200 މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!