ޚަބަރު

ބުނާ ބުނުމަކަށް ބަދުނާމު އެޅުވުމަކީ އިންސާފެއް ނޫން: ޣައްސާން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޣައްސާން މައުމޫން، ރައީސް ޔާމީންއާއެކު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ)އިން ވަގަށް ނެގި 1.3 ބިލިއަން ރުފިޔާގެ ތެރެއިން ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓްގައި ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މަޢުމޫންގެ ނަން ހިމަނާފައި ވަނީ ބުނާ ބުނުމެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

Ads by MWSC

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަހުގީގެއް ނުކޮށް ހެއްކަށް ބެލުމެއް ނެތި، ބުނާ ބުނުމަކަށް ލިސްޓް ހަދައި ނަންތައް ޖަހަމުންދާ ކަމަށެވެ. އަދި މިގޮތަށް އަބުރު ކަތިލާ ބޮޑެތި ބަދުނާމު އެޅުވުމަކީ އިންސާފެއްތޯ ޣައްސާން ވަނީ ސުވާލު އުފައްދަވާފައެވެ.

ޣައްސާންގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، ތިމާ ރުހޭ މީހުންގެ ނަން އުނިކޮށް ލިސްޓް ނެެރެގެން، ވަކި ބަޔަކު ބަދުނާމު ކުރުމަށް މަސައްކަތް ކުރި ނަމަވެސް ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކުރާ މަސައްކަތް ބިރު ދައްކައިގެން ނުހުއްޓެވޭނެ ކަަމަށެވެ. އަދި އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މައްސަލަގައި ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ، އަދި މިހާރު ގޭ ބަންދަށް ބަދަލުކޮށް ހުރި ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވެސް ޣައްސާން ވަނީ ގޮވައިލައްވާފައެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުން އާއްމުކުރި ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓާ އެކު ލިސްޓްގައި ނަން އޮތް ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބިފައިވާ ކަމަށް އިންކާރު ކުރައްވަމުންނެވެ.

Ads by PNC
  1. މިރުޝާން

    އެއީ ތެދެއް. ބުންޏޭ ބުނުން ފިޔަވައި، ދެއްކޭނެ ހެއްކެއް ނެތް. މިވަރަކުން އަދި ޣައްސާނު ކުށްވެރިއެއް ނުވާނެ!