ދުނިޔެ

އެމެރިކާގައި ގައިދުރު ކުރުމާއި މާސްކް އެޅުން ނިމުމަކަށް ގެނެސްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގައި ވެކްސިން ޖަހައިފައި ތިބޭ މީހުން، މާސްކް އެޅުން މަޖުބޫރު ނޫން ކަމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާސްކް އެޅުން ނިމުމަކަށް ގެންނަން އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އެމެރިކާގެ ރައްޔިތުންނަށް އޮތީ ދެ ގޮތް ކަމަށާއި އެއީ މާސްކް އަޅައިގެން މުޅި އުމުރު ހޭދަ ކުރުން ނޫނީ ވެކްސިން ޖެހުން ކަމަށް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާގައި މިދިޔަ އަހަރު ކުރީކޮޅު ކޮވިޑް-19 ހާލަތު ވަރަށް ބޮޑަށް ގޯސްވި ނަމަވެސް ވެކްސިނާއެކު އެމެރިކާގައި ކޮވިޑް-19 ވަނީ ކޮންޓްރޯލް ކޮށްފައެވެ. ސިއްޙީ ދާއިރާއަށް ނުކަތާ ވަރަށް އޭރު މީހުން އެ ބައްޔަށް ފައްސިވެ، ފަރުވާ ނުދެވި މަރުވިއިރު، ހަރުދަނާ ފިޔަވަޅުތަކާއި ވެކްސިންއާއެކު އެމެރިކާއިން ކޮވިޑް-19 އިން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ކޮންޓްރޯލް ކުރިއެވެ.

އެމެރިކާއިން ނިންމާފައި ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި ފަރާތްތަކަށް މާކްސް އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭށެވެ. މިހާތަނަށް އެމެރިކާގެ 155 މިލިޔަން މީހުންނަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 119 މިލިޔަން މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

އެމެރިކާއިން ވެކްސިން ޖެހި މީހުންނަށް ލުއި ދޭން ނިންމާފައިވާ މި ދަނޑިވަޅުގައި ، އެމެރިކާއިން ވެކްސިން "ހިސާރު" ކޮށްފައިވާ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިގޮތުން އެޤައުމުން ވަނީ އާބާދީއަށްވުރެ އިތުރަށް ވެކްސިން ހޯދާ ރައްކާކޮށްފައެވެ. އަދި ބައެއް ޤައުމުތަކުން ވެކްސިންގެ ސްޓޮކް ހުސްވެ ސަލާން ޖަހަމުންދާއިރު އެމެރިކާއިން ބޭނުން ނުކޮށް ވެސް އެތައް މިލިޔަން ވެކްސިން ޑޯޒް ރައްކާ ކޮށްފައި އެބަހުއްޓެވެ.

އެމެރިކާއިން ލުއިތައް ދީފައި ވީ ނަމަވެސް އެހެން ގިނަ ޤައުމުތަކަށް ކޮވިޑް-19 އިތުރު ރާޅެއް ވަނީ އަރައިފައެވެ. މީގެ ތެރޭގައި އަވައްޓެރި އިންޑިއާ، ލަންކާ، ނޭޕަލް އަދި ބަނގްލަދޭޝް ހިމެނެއެވެ.

  1. ރިސޯޓްބޯއީ

    ރާއްޖެއެރާޅުގައަނުހިމެނެނީތޯ

  2. މީހާ

    އެހެންވީމާ ވެކްސިން ޖެހީމަ ކޮވިޑް ކޮންޓްރޯލް މި ވަނީ ބައެއް ގައުމުތަކުގަ ދޯ. ރާއްޖެ މި ދިޔައީ ވެކްސިން ޖަހާ މިންވަރު އިތުރުވާ ވަރަކަށް ކޮވިޑް ގެ ރާޅުތަށް އަރާ ގައުމުތަކުގެ ގްރޫޕް އަށް ދޯ