ދުނިޔެ

ފަލަސްތީނުގެ ކުޑަކުއްޖެއްގެ ހިތުގެ އުދާސްތައް: އަހަރުމެން މަރަން މިސައިލު ފޮނުވަންވީ ސަބަބެއް ނުވިސްނޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ފަލަސްތީނުގެ ކުޑަކުއްޖެއްގެ ހިތުގެ އުދާސްތަކެވެ. އޭނާގެ ކެކުޅުންތަކާއި، ކަންބޮޑުވުން އިންތިހާއެވެ. އިޒްރޭލުގެ ސިފައިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެ ކުޑަ ކުއްޖާގެ ހިތުގައި އުފެދިފައިވާ ޝަކުވާތައް ވެސް ގިނައެވެ.

Ads by Sosun Fihaara

އެ ކުޑަ އަންހެން ކުއްޖާ ބުނަމުން ދިޔައެވެ.

"އަހަންނަށް އަދި އެންމެ 10 އަހަރެވެ. ޑޮކްޓަރަކަށް ވެގެން އެހީވާން އަހަރެން ބޭނުމެވެ. އަހަރެން ވަށައިގެން މިތިބީ ހުސް ކުޑަކުދިންނެވެ. އަހަރެމެން މަރަން މިސައިލް ފޮނުވަންވީ ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ."

އެ ކުއްޖާ އިތުރަށް ބުނީ، އެމީހުންނަށް ދެމުންގެންދާ ހަމަލާތަކާ ބެހޭގޮތުން އޭނާގެ މައިންބަފައިން ގާތު ސުވާލު ކުރި ކަމަށެވެ. އަދި ނުބައި ޔަހޫދީން އެފަދައިން ކަންކަން ކުރަނީ ފަލަސްތީނު ރައްޔިތުންނަކީ މުސްލިމުން ކަމަށްވާތީ ކުރާ ނަފްރަތަކުން ކަމަށް އޭނާގެ މައިންބަފައިން ބުނެފައިވެއެވެ.

އިޒްރޭލުގެ ޔަހޫދީ ސިފައިން ދަނީ ފަލަސްތީނުގެ ޣައްޒާގެ އެތައް ސަރަޙައްދަކަށް ހަމަލާދީ، އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ޤައުމުން އެތައް ސަތޭކަ މުސްލިމު އަޚުންނާ އުޚްތުންނެއް ވަނީ ޒަޚަމްވެފައެވެ. އެގޮތުން މިހާރު ވެސް ފަލަސްތީނުގެ 150 އެއްހާ މުސްލިމުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

Ads by Allied Insurance
  1. ޢަލީ

    ތީހަމަ ދަރިފުޅުމެންގެ ކާބަފައިން ދަރިފުޅުމެނަށް ދިންއަނިޔާ/
    ޔަހޫދީން ވަޒަންވެރިކުރުވީމަ ލިބުނު ލަނޑު ،ހިތާމަ

    މިދިވެހި ރާއްޖެވެސް ތިމަގަށް ދާތަން އެބަފެނޭ

    • ިބުނިޔަ

      ދެން ނޫސް ދެކެ އެންމެ ކަމުދާ ސަބަބަޚި މުސްލިމު ދުނިޔޭގެ ތާޒާ ހަބަރު ގެނެސްދިނުން. ބޮޑެތި މީޑިޔާތައް އެތިބީ ބިރުން. ހާހުން ހަބަރެެއް ގެންނަނީ

  2. ޙަސަން

    ތީހަމަތެދެއް މިދިވެހިރާއްޖެވެސް މިހާރުޔަހޫދީން ވަޒަންވެރިކުރުމައް މިސުރާބުޖަހައިފި ދިވެހިން ތިބީނިދާފަ