ދުނިޔެ

ފަލަސްތީނަށް ނަޞްރު ދެއްވައިތޯ ދުޢާ ކުރި އިމާމަކާއި އިތުރު 19 މީހެއް އިންޑިއާއިން ހައްޔަރުކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އިސްރާއީލުގެ ހަމަލާއެކު ބިމާ ހަމަކޮށްލާފައިވާ ޣައްޒާގެ އިމާރާތެއް

އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް އަޑު އުފުލަމުން އަންނަ މީހުން އިންޑިއާއިން ހައްޔަރު ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

ޚަބަރުތައް ބުނާ ގޮތުގައި މިހާތަނަށް އިންޑިއާއިން ވަނީ މިފަދަ އެކި މައްސަލަތަކުގައި އިންޑިއާއިން ހިޞާރުކޮށްފައިވާ ކަޝްމީރު ސަރަހައްދުން ޖުމްލަ 20 މީހަކު ހައްޔަރުކޮށްފައެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި މިސްކިތެއްގެ އިމާމެއް ވެސް ހިމެނެއެވެ. ހައްޔަރު ކުރި އިމާމުގެ އަނބިމީހާ ޝަބްރޯޒާ ޖާން ބުނެފައި ވަނީ އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައި ވަނީ ނަމާދަށްފަހުގައި ފަލަސްތީނަށް ނަޞްރު ދެއްވާތޯ ދުޢާ ކުރުމުން ކަމަށެވެ.

"އޭނާ ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރޭ. ނަމާދުކޮށްފަ، ދުޢާ ކުރީ. މުސްލިމުންގެ އެންމެ އަގުބޮޑު ހަތިޔާރު، ދުޢާގެ ބޭނުން ކުރީ." ޝަބްރޯޒް ބުނެފައިވާ ގޮތުގައި އޭނާގެ ފިރިމީހާ ބައްދަލު ކުރުމުގެ ހުއްދަ ވެސް ފުލުހުން ނުދޭ ކަމަށެވެ. އަދި ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ ގޭގައި ނިދާފައި އޮއްވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ކަޝްމީރުގައި ހަރަކާތްތެރިވާ އިންޑިއާގެ ސިފައިން ބުނެފައި ވަނީ، ފަލަސްތީނުގެ ހާލަތުގެ ނާޒާއިޒު ބޭނުން ހިފާ، ކަޝްމީރުގެ ހަމަޖެހުން ނަގައިލަން ފުރުސަތު ނުދޭނެ ކަމަށާއި އެއްވެސް ކަހަލަ އެއްވުމެއް، އަދި މިނިވަންކަމޭ ބުނެ ހިތުހުރި އެއްޗެއް ކިޔުމުގެ ހުއްދަ ވެސް ނުދޭނެ ކަމަށެވެ.

އިންޑިއާއިން ހިފައިފައިވާ ކަޝްމީރުގެ މައްސަލައިގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު އަބަދުވެސް ދަނީ ހަމަނުޖެހުން ހިނގަމުންނެވެ.

އިންޑިއާގެ ސިފައިން ހައްޔަރުކޮށްފައި ތިބި މީހުންނަކީ އެމީހުން ފަލަސްތީނާއެކު ތިބިކަން އަންގައިދޭން އެކި ގޮތްގޮތުން ހަރަކާތްތެރިވި މީހުންނެވެ. މިގޮތުން، ފާރުގައި ފަލަސްތީނުގެ ދިދަ ކުރެހި މީހެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކަޝްމީރުގައި ހަރަކާތްތެރިވާ ފުލުހުން ވަނީ ކަޝްމީރުގައި ފަލަސްތީނާއެކު ތިބިކަން ހާމަކުރުމަށް ހިނގާލުންތަކާއި ރެލީތައް ނުބޭއްވޭނެ ކަމަށް އަންގައިފައެވެ. ފަލަސްތީނު ގޮތަށް ގިނަ ހައްޤުތަކެއް އިންޑިއާއިން ކަޝްމީރުގެ ރައްޔިތުންގެ ނިގުޅައިގެންފައިވާއިރު، ފަލަސްތީނުގެ މައްސަލައިގެ ތެރެއަށް ކަޝްމީރުގެ ރައްޔިތުން ވަދެއްޖެ ނަމަ، ފަލަސްތީނުގައި ހިނގާ ފަދަ މިނިވަން ކަމަށް ގޮވާލާ މޫވްމެންޓެއް ކަޝްމީރުގައި ހިނގައިފާނެ ކަމަށް އިންޑިއާއިން ޤަބޫލު ކުރެއެވެ.

Ads by Allied Insurance
  1. ޜަސްފްރި

    މިކަމާ އިންޑިޔާަާެއަަަޢްއޮތީކޮއްކަމެތ ްއެޔބަސްވުނބާތިލު ކޮއްފާސިފައިންފޮނުވާލައްވީނު ؟