ދިވެހި ރާއްޖެއިން އިސްރާއީލްދެކެ ބިރެއް ނުގަނޭ، އެހެން ޤައުމުތަކުން އިބުރަތް ހާސިލް ކުރަން ޖެހޭ: އަލީ އަބޫނިމާހް
ދިވެހި ރާއްޖެއިން އިސްރާއީލާއެކު ޤާއިމްކޮށްފައިވާ ހުރިހާ ޓްރޭޑް އެގްރީމެންޓްތައް އުވާލައިފި ކަމަށާއި ދިވެހި ރާއްޖެއިން އިސްރާއީލް ދެކެ ބިރު ނުގަންނަ ކަމަށް ދަ އިލެކްޓްރޯނިކް އިންޓިފާޑާގެ ކޯ-ފައުންޑަރ އަލީ އަބޫނިމާހް ވިދާޅުވެއްޖެއެވެ.
އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތަކާ ގުޅޭ ގޮތުން އަލް-ޖަޒީރާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ފައްކަވަމުން އަބޫނިމާޙް ވިދާޅުވީ، ކުޑަކުޑަ ދިވެހިރާއްޖެއިން މިވަނީ މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައި ކަމަށެވެ.
"އެ ކުޑަކުޑަ ޤައުމުން އިސްރާއީލުގެ މުދާ ބޮއިކަޓްކޮށް އެތެރެ ކުރުން މަނާ ކުރިއިރު، ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ ފަދަ ޤައުމުތަކުން އެކަން ކުރަން ޖެހިލުންވާން ޖެހޭ ސަބަބެއް ނުފެނޭ" އަބޫ ނިމާހް ވިދާޅުވިއެވެ.
އަބޫނިމާހްގެ ވާހަކަފުޅުގައި ރާއްޖެއަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާފައިވެއެވެ. އަދި އަރަބި ދައުލަތްތައް ރާއްޖެ ނަމޫނާއަކަށް ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުތަކުން ބަހަނާ ދައްކާނެކަމެއް ނެތް. އިސްރާއީލުގެ މުދަލަކީ ފަލަސްތީނުގެ ކުދިންގެ ލޭ. އެ މުދާ އަހަރެމެން ބޭނުމެއް ނޫން. އަހަރެމެންގެ ޤައުމަށް އެތެރެ ކުރާކަށް ވެސް ބޭނުމެއް ނޫން. ކުޑަކުޑަ ރާއްޖެ އިސްރާއީލް ދެކެ ބިރެއް ނުގަނޭ. ބޮޑެތި އިސްލާމީ ދައުލަތްތައް މިކަން ކުރަން ފަސްޖެހެންވީ ސަބަބެއް ނުވިސްނުނު" އަބޫނިމާހް ވިދާޅުވިއެވެ.
ރާއްޖެއިން 2014 ވަނަ އަހަރުން ފެށިގެން އިސްރާއީލުން އުފައްދާ ތަކެތި އެތެރެ ކުރުން ވަނީ މަނާކޮށްފައެވެ. އަދި އެ އުސޫލު އަދިވެސް ދަމަހައްޓަމުން އަންނަ ކަމަށް ދިވެހި ރާއްޖޭގެ ކަސްޓަމްސްއިން މިއަދު ވަނީ ބުނެފައެވެ.
ދެން ލަވާޒާ މީ ކޮންޤާއުމެއްގެ އެއްޗެއް
ލަވާޒ އަކީީ އިޓަލީގެެ އުފެއްދުމެއްް. ލަވާޒާަ ބޮއިކުޓްް ކުރަންް ޖެހެނީީ އެެ ކޮމްޕެނަީީ އިންް ފަލަސްތީނާާ ދެކޮޅަށްް މަސައްކަތްް ކުރާތީ
ހުރިހާ ބޮޑެތި ގައުމްތައް ކުދިވެ ދުސްމަނުންގެ އަޅުންނައްވެފަ’މިއީނިމުން ނޫންބާ؟
މައްސަލައަކީ ބައެއަ ޤައުމުތައްތިބީ ނަގޫ ފިތިފަ. ޢެއީ ވާގޮތަކީ. ފޭސް ބުކް ، ލަވާޒާ ، …. މީހުސް އިޒްރޭލް ގެ ހިއްސާ އޮންނަ ވިޔަފާރި. ޢިސްލާމީ ޤައުމަކުން އިސްލާމީ މިފަދަ ފްލެޓްފޯމެއް އޮތްހެނެއް ހިޔެއްނުވޭ. ޢޮތްނަމަ ފޭސްބުކް ވައިބަރ ދޫކޮށް ބަދަލުކޮއްލުން ރަނގަޅު.
100%ގެވާހަކައެ