ޚަބަރު

މާލެ ސަރަހައްދުގެ ކާފިއު އިތުރު އެއް ހަފްތާއަށް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު އިތުރު އެއް ހަފްތާއަށް ދަމައިލައިފިއެވެ.

Ads by STELCO

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ ދަށުން މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އަޅައިފައިވާ ފިޔަވަޅުތައް މިމަހުގެ 25އާ ހަމައަށް އިތުރު ކުރަން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން މާލޭ ސަރަހައްދުގައި ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގޭނެއެވެ.

މީގެ އިތުރުން މާލޭގެ ކާބޯތަކެތި ވިއްކާތަންތަނާއި ރެސްޓޯރެންޓުތައް ބަންދުކުރުމުގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުން ވެސް ހިމެނެއެވެ. އެގޮތުން މި މަހުގެ 25 ގެ ނިޔަލަށް މި ފިޔަވަޅުތައް ދަންމާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!