ރިޕޯޓް ސިއްޙަތު

ކަޅު ފަންގަސްއާ ގުޅޭ ގޮތުން އެނގެން ޖެހޭ މަޢުލޫމާތު ކޮޅެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކަޅު ފަންގަސް ނުވަތަ މިއުކޯމައިކޯސިސް އަކީ 1990 ކުރީކޮށް ދެނެގަނެވިފައިވާ ބައްޔެކެވެ. ހަލުވިކަމާ އެކު ފެތުރޭ މިބަލި ޖައްސާ ފަންގަސްއަށް ކިޔަނީ މިއުކޯމައިސައިޓެވެ.

Ads by MWSC

މި ނުރައްކާތެރި ބައްޔަށް ޝައްކު ކުރެވޭ މީހެއް އިއްޔެ ރާއްޖެއިން ވެސް ވަނީ ފެނިފައެވެ. އަދި ބަލި ޔަގީން ކުރުމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް ސާމްޕަލެއް ނެގުމަށް ފަހު ފޮނުވާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކަޅު ފަންގަސްއަކީ ވައިގެ ތެރޭގައިއާއި ވެލީގެ ތެރޭގެ އިތުރުން ބައެއް ކާ އެއްޗެހީގައި ވެސް ހުންނަ ފަންގަސްއެކެވެ. ހަށިގަނޑުތެރެއަށް މި ފަންގަސް ވަންނަނީ އަނގަޔާއި ނޭފަތުގެ އިތުރުން ލޮލުންނެވެ. ނުރައްކާތެރި ކަޅު ފަންގަސް އިންފެކްޝަނުގެ ސަބަބުން ސިކުނޑިއަށް ނުރައްކާވެއެވެ. އަދި ފަރުވާ ނުލިބިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވެއެވެ. ހަށިގަނޑުގެ ލޭހޮޅިތަކުން ބަލީގެ ޖަރާސީމު ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ދެއެވެ. އާންމުގޮތެއްގައި ބަލީގެ ޖަރާސީމުގެ ސަބަބުން ނުރައްކާވާ ހިސާބަށް ދާ ގުނަވަންތަކުގެ ތެރޭގައި ހިތް، ހަންގަނޑު، ހުންކޮށި ނުވަތަ ސްޕްލީން ހިމެނެއެވެ

ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ލޮލުގައި ރިއްސުމާއި، ހުން އައުމާއި، މޫނުގެ އެއްފަޅި ދުޅަވުމާއި، ނުވަތަ ނޭފަތުގައި ކަޅު ކުލައިގެ ފަށެއް އެޅިފައި ހުރެ ދުވަހަކަށް ވުރެ ދުވަހެއް އެތަން ހަލާކުވާލެއް ބޮޑުވުން އަދި ނޭފަތް ބެދުން ހިމެނެއެވެ. މި ބަލީގައި ބޮޑުވަރުވުމުން ގަދައަށް ހުން އައިސް، ދަށް ބަނޑަށް ތަދުވެ ލޮލުގެ ފެނުން ދަށްވުމާއި ލޮލުގެ ފެނުން ގެއްލުން، ލޮލުގެ ތިރީ ބައިގައި ރިއްސުން އަދި ލޯ ފުއްޕުން ފަދަ ކަންކަން ހިމެނެއެވެ. އަދި ކެއްސާއިރު ލޭ އައުމަކީ ވެސް ބަލިޖެހި ބޮޑުވަރު ވެފައިވާ ކަމުގެ އަލާމާތެކެވެ.

ކަޅު ފަންގަސް އަކީވެސް ކޮވިޑް 19 ފަދައިން ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. އަދި ކޮވިޑަށް ވުރެ އެތައް ގުނައެއް ބާރުގަދަ އިންފެކްޝަނެކެވެ. އެހެން ނަމަވެސް ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވި، ފަރުވާ ކުރެވިއްޖެ ނަމަ ބަލިން ސަލާމަތްވާނެކަމަށް ޑޮކްޓަރުން ބުނެއެވެ.

ކަޅު ފަންގަސް ބަލީގައި އާންމު ގޮތެއްގައި ބޮޑުވަރު ވަނީ ދާއިމީ ބައްޔަށް ބޭސް ކުރާ މީހުން ނުވަތަ ބަލިމަޑުކަމެއް ހުންނަ މީހުންނަށެވެ. މިހާތަނަށް ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި މި ބަލި ޖެހޭކަމަށް  ބޮޑަށް ދައްކަނީ ކުޑަކުދިންނަށެވެ. އެހެން ނަމަވެސް މިހާރު މިބަލި ޖެހިގެން ރިޕޯޓް ކުރާ ބޮޑެތި މީހުން މިވަނީ އިތުރުވެފައެވެ. އަދި އަލަށް އުފަންވާ ކުދިންނާއި ދާއިމީ ބައްޔަށް ފަރުވާހޯދާ ފަރާތްތައް އަދި ދިފާއީ ނިޒާމު ބަލިކަށި ފަރާތްތަކަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ފެންނަ އިރު ހަކުރު ބަލި ހުންނަ މީހުންނާއި ގުނަވަން ބަދަލުކޮށްފައި ހުންނަ މީހުންނަށް މިބަލިޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މީގެ އިތުރުން ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ވެސް މިބަލީގެ ނުރައްކާ ބޮޑުވެފައިވާކަން މިހާރުގެ ހޯދުންތަކުން ދައްކައެވެ.

ބަލީގެ ކުރީ ކޮޅު ބަލި ދެނެގަނެވިއްޖެ ނަމަ ބަލީގެ ފަރުވާއަކަށް އިންޖެކްޝަނެއް ޖަހައިގެން ބަލިން ސަލާމަތްވެވިދާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ. މި އިންޖެކްޝަން ޖަހާނީ 21 ދުވަސްވަންދެން ދުވާލަކު އިންޖެކްޝަނެކެވެ. ބަލީގައި ބޮޑުވަރު ވުމުން އިންފެކްޓްވެފައިވާ ލޯ ނަގަން ޖެހެއެވެ.

ކަޅު ފަންގަސް ބަލިން ރައްކާތެރިވުމަށް ޓަކައި އާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި ކެއިންބުއިމުގައި ރައްކާތެރިވުމަކީ ކުރެވިދާނެ ކަންކަމެވެ.

  1. ފަންގަސް އައްކިޔާ ދިވެހި ނަމެއް ނެތީތަ؟؟؟ މިހެން މި އެހީ ބްލެކް އައް ކަޅު ކިޔާފަ އިނީމަ… ފަންގަސް އައްނަމެއް ނެތިއްޔާމު މާ ރަގަނޅު ވާނެ ކަންނޭކެ ދެ ބަސް މައްސުނި ނުކޮއް ކޮންމެހެން އެއްބަހަކުން ލިޔުނުނަމަ… ބޮއެހަލާކު.. ކޮވިޑް އައްވެސް އެއްބަޔަކު ކޮވިޑް އަނެއްބަޔަކު ކޯވިޑް

    • ދިގުތިޔަރަ

      މީިގެ އެތައްދުވަހެއް ކުރިން ދިވެހިބަހުގައި ސްކުން ކުރަންޖެހޭ ހަމަތައް ވަނީ ބުނެދީފަ. މިހާ ދުވަސް ވެގެން ދިޔައިރު ކީވެބާ އަށް-އައް
      ނުކޮށް- ނުކޮއް
      މިކިޔަނީ؟ ކުއް ހޯދާ އަމިލަމީހާ ވެސް ރަގަނޅު ކޮއްފަ! ގަދަވެލާފަ ކޮމެންޓް ކުރީމަ ނިމުނީއެއް ނޫން.

      • ހަހަހަހަހހަހަހަހ… ސާބަސް ކަލޯ ތިވަރު ވާންވެއްޖެތެ… ހަހަހަހަހަހަހަހ