ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަނެއްކާ ވެސް އިތުރު މީހަކު ނިޔާވެއްޖެ

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ އެޗްއެމްއެފްގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ.
މިއީ ރާއްޖެއިން ކޮވިޑް ބަލީގައި މިއަދު ނިޔާވި 7 ވަނަ މީހާއެވެ. އަދި މިހާތަނަށް ނިޔާވި 136 ވަނަ މީހާއެވެ.
ފަހަކަށް އައިސް މި ބަލީގައި ފަރުވާ ހޯދައި މީހުންގެ ތެރެއިން ގިނަ މީހުން ނިޔާވެފައި ވަނީ އެޗްއެމްއެފްގައެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون