ޚަބަރު

މާލެ ސަރަޙައްދުގެ ކާފިއު ގަޑި ހެނދުނު 8އާ ހަމަޔަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލެ ސަރަޙައްދުގެ ކާފިއު ގަޑި ހަވީރު 4:00އިން ހެނދުނު 8:00އަށް ބަދަލު ކޮށްފިއެވެ.

Ads by Sosun Fihaara

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން މިހާރު ކުރިއަަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް ވިދާޅުވީ މާލެ ސަރަޙައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުން ދިޔުމާ ގުޅިގެން މެއި 26އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް މާލެ ސަރަޙައްދުގެ ކާފިއު ގަޑިއަކީ ހަވީރު 4:00 އިން ހެނދުނު 8:00 އާއި ހަމައަށް ކަމަށެވެ.

"ދެވަނަ ނިންމުމަކީ ކާފިއު ގަޑި ނޫން އެހެން ގަޑިތަކުގައި (ހެނދުނު 8:00 އިން ހަވީރު 4:00އާ ދެމެދު) ބޭރަށް ނުކުމެ އުޅުމުގައި އިތުރު ހިފެހެއްޓުންތަކެއް ހުންނާނެ. އެގޮތުން ގެއިން ނުކުތުމަށް ކޮންމެ ގޭބިސީއަކަށް ވެސް ދެ ހުއްދައެއް ދޫކުރެވޭނެ" މަބްރޫކް ވިދާޅުވިއެވެ.

މި ފިޔަވަޅުތަކަކީ ރާއްޖޭގައި މިފަހަކަށް އައިސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން، އަދަދުތައް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ވެސް ރާއްޖެއިން 55،924 މީހުން ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އަދި މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 137އަށް އަރައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!