ޚަބަރު

ދެވަނަ ފަހަރަަށް ކޮވިޑް ޖެހޭ މިންވަރު ގިނައީ 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށް، ގިނައީ ފިރިހެނުން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދެވަނަ ފަހަރަަށް ކޮވިޑް ޖެހޭ މިންވަރު ގިނައީ 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށް ކަމަށާއި، ރިއިންފެކްޓުވާ މިންވަރު ގިނައީ ނިސްބަތުން ފިރިހެނުންނަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ،

Ads by Sosun Fihaara

އެޗްއީއޯސީން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެޕިޑިއަމޮލަޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ނިސްބަތުން ކޮވިޑް ޖެހޭ މިންވަރު ގިނައީ ވެސް ފިރިހެނުންނަށް ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީ އަދި ހުޅުމާލެ ކޮވިޑް ހޮސްޕިޓަލުގައި ވެސް ގިނައީ ވެކްސިން ނުޖަހާ މީހުން ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގްރޭޓާ މާލޭ ސަރަހައްދުގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި ގަވައިދާ ޚިލާފަށް ބޭރުގައި މީހުން އުޅޭތޯ ބެލުމަށް ފުލުހުންނާ ސިފައިން އަންނަނީ މަގުތަކުގައި ހަރަކާތްތެރި ވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!