އައްޑޫ ސިޓީގައި އެކްޓިވް ކޭސްތަކުގެ އަދަދު އިތުރުވަނީ،ގާތުން އެއްތާވި މީހުންގެ އަދަދު 500އިން މައްޗަށް

އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރި އެކްޓިވް ކޭސްތަކުގެ އަދަދު 179އަށް އަރައިފިއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އައްޑޫގެ 274 މީހަކު މިހާރު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އޭގެ ތެރެއިން 93 މީހަކު ބަލިން ފަސޭހަވެފައިވެއެވެ.
އައްޑޫގައި ގާތުން އެއްތާވި މީހުންގެ އަދަދު މިހާރު ވަނީ 537އަށް އަރައިފައެވެ.
އެރަށުން މިހާރު ޖުމުލަ 3920 ސާމްޕަލެއް ވަނީ ނަގައިފައެވެ.
އެ ސިޓީން ފައްސިވީ މީހުންނަށް ބަލާއިރު ހިތަދޫން ފައްސިވެފައި ވަނީ 123 މީހުންނެވެ. އަދި މަރަދޫން 11 މީހަކު ފައްސިވެފައިވާއިރު މަރަދޫ ފޭދޫން އެކަކު ފައްސިވެފައި ވެއެވެ. އަދި ފޭދޫން 09 މީހަކާއި ހުޅުދޫން 24 މީހުން އަދި މީދޫން 08 މީހަކު ފައްސިވެފައިވެއެވެ. މީގެ އިތުރުން ސައުތްޕާމް ރިސޯޓުން 02 މީހަކު ވަނީ ފައްސިވެފައެވެ. އަދި ގަމު އެމްއެންޑީއެފް ސަދަން އޭރިއާއިން ވެސް އެކަކު ވަނީ ފައްސިވެފައެވެ.
މި ބަލީގައި އައްޑޫން 2 މީހުން ވަނީ ނިޔާވެފައެވެ.