ބޮލީވުޑް

ބޮލީވުޑްގެ މަޝްހޫރު މި ތަރިން، އިންސްޓަގްރާމް ޕޯސްޓެއް ކޮށްދޭ އަގު އެނގޭތަ؟

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19އާ ހެދި ބޮލީވުޑް ވެސް މުޅިން ހުއްޓުމަކަށް ދިޔައިރު ފިލްމީ ތަރިން މިފަދަ ވަގުތެއްގައި ފައިސާ ހޯދަނީ ކިހިނެތްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

Ads by Sosun Fihaara

ފިލްމީ ތަރިން ފައިސާ ހޯދާ ގޮތް އިންޑިއާގެ ނޫހެއްގައި ވަނީ ކިޔައިދީފައެވެ. މަޤްބޫލުކަން ހޯދައިފައިވާ ތަރިންނަށް ކޮވިޑް-19 ދުވަސްވަރަކީ މާބުރަ ދުވަސް ވަރަކަށް ނުވި ނަމަވެސް، އަރަމުން އަންނަ ތަރިންނަށް މި ދުވަސްވަރު އާއްމުދަނީ ހޯދަން ވަރަށް ދައްޗެވެ. އެހެންވެ އެތަރިން މިހާރު ކުރާ ކަމަކީ އިންސްޓަގްރާމްގައި ޕޯސްޓް ޖަހައިދީ ވިޔަފާރިތައް މަޝްހޫރުކޮށްދިނުމެވެ. އަރަމުން އަންނަ ތަރިން މިކަން ކުރަން ފެށުމުން، މަޝްހޫރު ބޮލީވުޑްގެ ތަރިން ވެސް ވަނީ ފައިސާއަށް އިންސްޓަގްރާމްގައި ޕޯސްޓް ޖަހައިދެން ފަށައިފައެވެ.

އިންޑިއާގައި ފިލްމީ ޚަބަރުތައް ގެނެސްދޭ ސައިޓެއް ކަމަށްވާ ޑިވާ.ކޮމް އިންވަނީ ބޮލީވުޑްގެ މަޝްހޫރުތަރިން އިންސްޓަގްރާމްގައި ޕޯސްޓްކޮށްދޭ އަގުތައް ހާމަކޮށްފައެވެ.

އަމިތާބް ބައްޗަން

އަމީތާބް ބައްޗަންއަކީ ބޮލީވުޑްގެ ބައްޕަ ކަމަށް ގިނަ ބަޔަކު ޤަބޫލު ފަންނާނެވެ. އަމީތާބްގެ އިންސްޓަގްރާމްގައި ޖުމްލަ 26.6 މިލިޔަން ފޮލޯވަރުން ތިބެއެެވެ. އޭނާ ސްޕޮންސާޑް ޕޯސްޓެއް ކޮށްދެނީ 5 މިލިޔަން ރުޕީސްއަށް ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.

ޝާހްރުކް ޚާން

ޝާހްރުކް ޚާންގެ އިންސްޓަގްރާމްގައި 24.8 މިލިޔަން ފޮލޯވަރުން ތިބެއެވެ، އޭނާ އިންސްޓަގްރާމް ޕޯސްޓެއްކޮށްދިނުމަށް 8 މިލިޔަން ރުޕީސްއާއި 10 މިލިޔަންއާ ދޭތެރޭގެ އަގެއް ނަގައެވެ.

ޕްރިޔަންކާ ޗޯޕްރާ

ޕްރިޔަންކާ ޗޯޕްރާއަކީ ބޮލީވުޑްގައި އެންމެ ބޮޑު އަގެއްގައި އިސްޓަގްރާމް އިޝްތިހާރުކޮށްދޭ ފަރާތެވެ. މިގޮތުން އޭނާ އިސްޓަގްރާމް ޕޯސްޓެއްކޮށްދެނީ 18 މިލިޔަން ރުޕީސް އަށެވެ. ޕްރިޔަންކާގެ 63 މިލިޔަން ފޮލޯވަރުން ތިބެއެވެ.

އާލިޔާ ބަޓް

ޒުވާން އެކްޓްރެސް އާލިޔާ ބަޓްގެ 53.2 މިލިޔަން ފޮލޯވަރުން އިންސްޓަގްރާމްގައި ތިބެއެވެ، އޭނާ ޕޯސްޓެއްކޮށްދެނީ 10 މިލިޔަން ރުޕީސް އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!