ޚަބަރު

ފާޑު ކިޔުންތައް ގިނަވެ، މިސްކިތްތަކަށް ފެނާއި ކަރަންޓް ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ފާޑު ކިޔުންތައް ގިނަވެ، މާލެ ސަރަހައްދުގެ މިސްކިތްތަކަށް ފެނާއި ކަރަންޓް ދީފިއެވެ.

Ads by MWSC

މިސްކިތްތަކަށް ފެނާއި ކަރަންޓް ދިން ނަމަވެސް، މިސްކިތްތައް އަދިވެސް ހުރީ ބަންދުކޮށް، ނުވަދެވޭ ގޮތަށް ޓޭޕް ދަމައިފައެވެ. މިސްކިތްތައް ބަންދު ކުރަން ނިންމައިފައި ވަނީ، މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

މިސްކިތްތަކުން ކަރަންޓާއި ފެން އަލުން ދީފައި ވަނީ އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ބައެއް މީހުން ބުނާ ގޮތުގައި މިސްކިތްތައް ބަންދު ކުރި ނަމަވެސް އެ ތަންތަން އެއްކޮށް އަނދިރިކޮށް ، ހުރުމަތް ގެއްލޭ ގޮތަށް ބަހައްޓައިގެން ނުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އާންމުންގެ ގިނަ ޝަކުވާތައް މިކަމާ ގުޅިގެން ލިބޭ ކަމަށެވެ. އަދި ސިޔާސަތަކީ ރައްޔިތުންނަށް ޓަކައި ހަދާ އެއްޗެއްކަމަށް ވަންޏާ އެކަން ކުރަން ވާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓައިލުމަށް ނިންމައިފައި ވަނީ ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. މީގެ ކުރިން ވެސް މިސްކިތްތައް ވަކި މުއްދަތަކަށް ބަންދު ކުރިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!