ޚަބަރު

މަރުގެ އިންޒާރު ދޭތީ ހިސާންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސެއިންއަށް މަރުގެ އިންޒާރުތައް ލިބެމުން ދިއުމާ ގުޅިގެން އެމްއެންޑީއެފުން އޭނާ ސެކިއުރިޓީގެ ކަންކަން ވަރުގަދަކޮށް، ބަލަން ފަށައިފިއެވެ

Ads by STELCO

އޭނާއަށް މަރުގެ އިންޒާރުތައް ލިބެން ފަށައިފައި ވަނީ މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، އަދި އެފަދަ ކަމެއްގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށައެޅި ފަހުން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އޭނާ ހުށަހެޅި އިޞްލާޙްގައި ބުނެފައިވާ ގޮތުން އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުން، ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެކެވެ. އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ އެގޮތަށް ސިފަ ކުރުމުގައި ބައިވެރި ވުމަކީ ވެސް ކުށެއް ކަމުގައި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

މި ބިލާ ގުޅިގެން އާންމުންގެ އިތުރުން ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވަނީ އިތުރުވެފައެވެ. އެ ގޮތުން ޝައިހް އަލީ ޒައިދުއާއި ޑރ. އިޔާޒް ފަދަ ބޭފުޅުން ދަނީ އެ ބިލަށް ފާޑުވިދާޅުވަމުންނެވެ.

Ads by Allied Insurance
  1. ސައްލޭ

    މީނާއަށް ވެސް ގަނޑުވަރެއް އަޅާ

  2. މަރުގެ އިންޒާރެއް ނުދޭނެ ތިޔަ އުޅެނީ ދެން މާބޮޑުކޮށްލައިގެނ

    • ބީއެމްޑަބިލިޔު

      ކިހިނެއް އިނގެނީ. ޖޭވީ ދޯ؟.

  3. ލަދު

    މިމަންޖެއަށ ބީއެމްޑަބުލިޔ ކާރުކޮޅަކ ގަނޑުވަރަކ އެތަށ ބާންދީނ އަވަހަށ ދެއްވާ

    • ފަޓާސް

      ހަހަހަހަހަހަހަހަހަހަހަހަހަހަހހހަހަހހަަހ

  4. އާކިފް

    ކާލޭ ފޮޑި ޖަހާ

    • ޙެޓިލަރު

      ކަލޭ މާ ރަނގަޅު ވާނެ އަޑުބާރު ކޮށް ތިކަން ކޮއްލިއްޔާ. ކަލޭ ޖަހާ އެތީގަ ވަހެއް ނުހުން ނާނެ .ތީ ހަމަ ޖަމަލު ޑޮފި ވަރަށް އަޑު ބާރު ވާނެ އެކަމު އެއްވެސް ވަހެއްނުހުން ނާނެ . ޢެމަންޖެމެން ޖަހާލާ އެތީގަ މީރުވަސް ދުވާނެ އަޑުވެސް ބާރު ވާނެ . ޙުރޭދެން ބަލަން ލޯބޮޑު އައިނެއް އަޅައިގެން.

  5. ހީކުރަނީ މީނާމިކިޔާ އެއްޗެއް އެހެންމީހުނައް ނޭގޭނެކަމައް
    ދިިީނަާ ދެކޮޅު ކަމެއް ކުރިޔަސް އެއްޗެއް ނުބުނެވޭ ގޮތައް އަގަ ތައް ބަންދު ކޮއްލަނިީ

  6. ގާސިމު

    މަރުގެ އިންޒާރޭ ކިޔައިގެެން ދެން ކޮން ސަކަރާތެއް ތިއީ؟