ޚަބަރު

ހާލަތު ރަނގަޅުވާ ކަމުގެ ހިލަމެއް، ބައްޔަށް ފައްސިވި މީހުންގެ އަދަދު މިއަދު މަދު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރާއްޖެއިން މިއަދު އިތުރު 432 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭގެ ހިސާބުތަކުން ދައްކައި ގޮތުގައި މިއަދު މާލެއިން ފައްސިވީ 249 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 154 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 29 މީހުންނެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 66،948 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 45،730 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 177 މީހުންނެވެ.

ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 213 މީހުންނަށެވެ.

ނިމިދިޔަ މެއި މަހު، ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު އުޅުނީ 1000 އިން މަތީގައެވެ. އަދި އެއަށް ފަހު ރާއްޖެއިން ފައްސިވާ މިންވަރު އުޅުނީ 500 އިން މަތީގައެވެ. އެހެންނަމަވެސް މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން ދަށް ވެފައެވެ.

ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި އެޗްޕީއޭއިން މިހާރު ވަނީ ކުރިން އެޅި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހަވީރު 4:00އިން އަނެއް ދުވަހުގެ ހެނދުނު 8:00އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވެނީ ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަންޏެވެ.

Ads by Ooredoo
  1. ފިރާ

    ޝުކުރު ކޮށްފަ ސުރުޚީ ލިޔެލާނެ ނަމަ…..