ކޮވިޑް-19: އިތުރުފަރުވާއަށް މާލެ ގެނައި ދާންދޫގެ ޒުވާނާ ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.
މިއާއެކު ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު 181އަށް ވަނީ އަރައިފައެވެ.
"ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ 28 އަހަރުގެ އަންހެނެކެވެ. މިމީހާއަކީ ގއ.ދާންދޫއިން ކޮވިޑް19އަށް ފައްސިވެ ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވި މީހެކެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
މާލޭ ގެޔެއްގަ މަރުވެ ކުނިވެފަ އޮތް 27އަހަރުގެ އަންހެން ކުއްޖާއައް ވީގޮތް އެނގެން ބޭނުންވެ ކެއްމަދުވެފަ މިހުންނަނީ.. މަރާލާފަ ތޯ ނޫނީ ކޮވިޑް މަރެއް ތޯ؟؟