ޚަބަރު

ޑެލިވަރީގެ ޚިދުމަތްތަކަށް ދީފައިވާ ހުއްދަތައް މި މަހު 8 ގެ ފަހުން ބޭނުމެއް ނުކުރެވޭނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވިޔަފާރިތަކަށް މިހާރު ދޫކޮށްފައިހުރި ޑެލިވަރީ ހުއްދަތައް މި ޖޫން މަހުގެ 8 ވަނަ ދުވަހަށް ފަހު ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ދޫކޮށްފައި ހުރި ވެހިކަލް ހުއްދަތައް "ސަޕޯޓް ޕާމިޓްތަކަށް" ބަދަލުކުރަން ނިންމަވައިފައިވާ ކަމަށެވެ. މިއާ އެކު ކުރިން ދޫކޮށްފައިހުރި ވެހިކަލް ހުއްދަތައް މި މަހުގެ އަށް ވަނަ ދުވަހުގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޕޮލިސް ޕާމިޓް ޕޯޓަލް މެދުވެރިކޮށް، ސަޕޯޓް ޕާމިޓްތަކަށް އެޕްލައި ކުރެވޭނެ ކަމަށް ފުލުހުން ހާމަކުރެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި އެޅި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ޑެލިވަރީ ޚިދުމަތްތަކަށް ވަކި ވަގުތެއް ވަނީ ކަނޑައަޅައިގައެވެ. ޑެލިވަރީގެ ޚިދުމަތް ދޭ ވަގުތަކީ ހެނދުނު 6:00 މެންދަމު 12:00އަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!