ބޮލީވުޑް

!ފުއްޕާ މޭގައި ފެން ހެދި، ދިލިޕް ކުމާރު ހޮސްޕިޓަލުގައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރ ދިލިޕް ކުމާރުގެ ފުއްޕާމޭގައި ފެން ހެދި ނޭވާލާން އުނދަގޫވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭން ފަަށައިފިއެވެ.

Ads by MWSC

ފުއްޕާމޭގެ ހާއްސަ ޑޮކްޓަރަކާއި ހިތުގެ ޑޮކްޓަރެއް ހިމެނޭހެން، ދިލިޕް ކުމާރުގެ މެޑިކަލް ޓީމެއް ވަނީ އެކުލަވައިލައިފައެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި، ރަނގަޅުވަމުން ދާ ސްޕީޑަށް ބެލުމަށް ފަހު ދެތިން ދުވަސްތެރޭ ގެއަށް ދޫކޮށްލާނެކަމަށް މެޑިކަލް ޓީމުން ބުނެއެވެ.

މުމްބާއިގެ ހިންދޫޖާ ހޮސްޕިޓަލުގައި ދިލިޕްއަށް ފަރުވާ ދެމުންދަނީ އޮކްސިޖަން ގުޅައިގެންކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 98 އަހަރުގެ ދިލިޕް ކުމާރު ހޮސްޕިޓަލުގައި އެޑްމިޓުކުރުމާ އެކު، ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ދަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުއާގެ މެސެޖްތައް ފޮނުވަމުންނެވެ. މީގެ ތެރޭގައި، އާޔުޝުމަން ކުރާނާ ފަދަ ކާމިޔާބު ތަރިން ހިމެނެއެވެ.

1944ވަނަ އަހަރު ފިލްމް "ޖުވާބަތާ"އިން ފިލްމީ ހަޔާތް ފެށި ދިލިޕް އެންމެފަހުން ފެނިގެން ގޮސްފައިވާ ފިލްމަކީ 1998ވަނަ އަހަރު ނެރުނު ފިލްމް "ގިލާ"އެވެ. މީގެ އިތުރުން ވެސް ދިލިޕްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި، "މުގްލޭ އާޒަމް"، "ކޮހިނޫރް"، "ޝަކްތީ" އަދި "ސައުދާގަރު" ފަދަ ފިލްމްތައް ހިމެނެއެވެ.

ދިލިޕް ކުމާރުގެ ކާމިޔާބު ފިލްމީ ކެރިއަރުގައި އޭނާވަނީ އެތައް ފަހަރަކު ފިލްމް ފެއާ އެވޯޑްގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ވެސް ކާމިޔާބުކޮށްފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!