ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލަން ވޯޓް ދިން މެންބަރުންގެ ނަންތައް ލީކްވި ގޮތް ބަލަނީ

މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ހަސަން ޒަމީލްގެ މައްޗަށް ޖިނާޢީ ދައުވާ ކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވި މައްސަލައިގައި މެންބަރުން ވޯޓު ދެއްވި ގޮތުގެ މައުލޫމާތުތައް އާންމުވި މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މިމައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ. އޭނާއަކީ މިމައްސަލަ ބަލަން ނުފެންނަ ކަމަށް އެމްޑީޕީން ވޯޓް ދެއްވި ހަތަރު މެންބަރުންގެ ތެރެއިން އެއް މެމްބަރެވެ. ސަނީފްގެ އިތުރުން މި މައްސަލަ ނުބަލަން ވޯޓް ދެއްވީ، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އަދި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދެވެ.
ޒަމީލްގެ މައްޗަށް އިމްތިޒާޔް ކޮމިޓީއަށް ފޮނުވި މައްސަލައިގެ ބައްދަލުވުން ބާއްވައިފައި ވަނީ ސިއްރުންނެވެ.
ޒަމީލް މައްޗަށް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ރައީސް ނަޝީދު މަޖިލީހުގެ ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީއިން ކުރިޔަށް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ޒަމީލް ސޮއި ކުރައްވައި ޑިފެންސް މިނިސްޓްރީގެ ފަރާތުން މަޖިލީހަށް ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ.
ފަހާދުވުންނޫން ކަމެއް ކުރާކަށްނޭގޭދޯ.
ވޯޓު ނުދިން ކަމީވަރަށްސާފުކޮމް އެގޭ ހަގީގަތެއް ވޯޓުނުދިން4ކޭންބެއިން އެތިބީ ހަޑިމުޑުދާރު ރިޝްވަތު ބަޑުފުރާކާގެން !ިށައްކެއްނެތި ޔަގީންކަމެއ،،