ޚަބަރު

ފުލުހުން ބައިތިއްބައިގެން މިސްކިތްތައް ބަލަހައްޓަން ރޮޒައިނާ ގޮވާލައްވައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ރޮޒައިނާ އާދަމް -- ފޮޓޯ: މަޖިލީސް

މާލެ މިސްކިތްތަކުގައި މަސްތުވެ، މިސްކިތްތައް މުޑުދާރު ކުރާ ވާހަކަ ފެންމަތިވުމާ ގުޅިގެން، ފުލުހުން ބައިތިއްބައިގެން މިސްކިތްތައް ބަލަހައްޓަން އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެވެ.

ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިސްކިތްތައް މުޑުދާރު ކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިސްކިތުގެ ގަދަރު ކެނޑޭ ގޮތަށް ކަން ކުރާ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު އެޅެން ޖެހޭ ކަަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. އަދި މިކަން ތަކުރާރު ވިޔަ ނުދީ ފުލުހުން މިސްކިތްތަކުގައި ބައިތިއްބައިގެން ނަމަވެސް މިކަން ހުއްޓުމަށް ރޮޒައިނާ ގޮވައިލެއްވިއެވެ.

މިސްކިތުގައި ނިދާ، މަސްތުވެ، އެއްޗެހި ދޮވެ ހަދާ މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، މިފަދަ މައްސަލަަތައް ރިޕޯޓް ކުރެވޭ ކަމަށާއި އަދި އެ ފަދަ އަމަލުތައް ކުރާ މީހުން މިސްކިތުން ފޮނުވައިލުމުގެ އިތުރުން ހައްޔަރު ކުރަން ޖެހޭ ހާލަތުގައި އެކަން ކުރާ ކަމަށެވެ.

  1. ދިވެހި ރައްޔިތުން

    ތިޔަ ދައްކަން އުޅެނީ ގޯސް ތަސައްވުރެއް. އެމީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމުން ތިކަންހައްކުވްނެ

    • ޢައްބާދު

      ޢަހަރުމެން ނަމާދު ކުރަން މިސްކިތައް އަރަންވެސް ޕޮލިސް ހުއްދައެއް ހޯދަން އަނެއްކާ ނުޖެހޭނެބާ؟