ޚަބަރު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އައްޑޫސިޓީ ހިތަދޫ ފުރަބަންދުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އައްޑު ސިޓީ.. ފޮޓޯ/ވަގުތު އޮންލައިން

އައްޑޫސިޓީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް، ހިތަދޫ ފުރަބަންދުކޮށްފިއެވެ.

Ads by Hajj Corporation

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން މިވަގުތު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން ހިތަދޫ ފުރަބަންދު ކުރަން ނިންމަވައިފައިވާ ކަމަށާއި އައްޑޫގެ އެހެން ރަށްތަކުގައި އަދިވެސް ހަވީރު 4:00 އިން ފަތިހު 4:00އަށް ކާފިއު ކުރިއަށްދާނެ ކަމަށެވެ.

އަލީ ނިޒާރު ވިދާޅުވީ މީގެ ކުރިން އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިން ނަމަވެސް، އުއްމީދު ކުރި ގޮތާ މުޅިން ހިލާފަށް ކަންތައް ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން އިތުރު ފިޔަވަޅުތަކެއްގެ ގޮތުގައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހިތަދޫގެ ކާފިއު ގަޑި ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00އަށް ބަދަލު ކޮށްފައިވާ ކަމަށާއި ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅެވޭނީ ބޭރުގައި އުޅުމަށް ދޫކޮށްފައިވާ ޚާއްސަ ފާހަކާއެކު ކަމަށް އައްޑޫގެ އެޗްއީއޯސީން ވިދާޅުވިއެވެ.

މީގެއިތުރުން، ބޭރުގައި އުޅޭނަމަ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހައުސް ހޯލްޑް ޕާމިޓެއް ހޯދަން ޖެހޭނެ ކަމަށާއި އެގޮތުން އެ ފާސް ދޫކުރަނީ ކޮންމެ ގެއަކުން ވެސް ދެ މީހަކަށް ކަމަށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!