ދުނިޔެ

ޗައިނާގައި ދުވާލެއްގެ މައްޗަށް 17.3 މިލިޔަން މީހުންނަށް ވެކްސިން ޖަހައި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޗައިނާގައި ކޮވިޑް-19 ވެކްސިން ދެމުން އަންނަ ރޭޓް މަތިކޮށް، ދުވާލެއްގެ މައްޗަށް 17.3 މިލިޔަން މީހުންނަށް ވެކްސިން ދޭން ފަށައިފިއެވެ.

Ads by Sosun Fihaara

1.39 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާގެ އާބާދީގެ 44 އިންސައްތައަށް މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވީ ނަމަވެސް ޗައިނާގެ ބޯޑަރު ހުޅުވާލުމާ އެ ޤައުމުގެ ސިއްހީ މާހިރުން ދެކޮޅެވެ.

ޗައިނާއިން މިހާރު 7 ބްރޭންޑެއްގެ ވެކްސިން ދަނީ ޖަހަމުންނެވެ. އެހެންނަ މަވެސް ބައެއް ސިޓީ ތަކުގައި އަނެއްބައި ސިޓީތަކަށް ވުރެ އަވަހަށް ވެކްސިން ޑޯޒްތައް ފުރިހަމަ ކުރަމުންދެއެވެ. މި ގޮތުން ބެއިޖިންގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާއިރު، ޝަންހާއީގައި 50 އިންސައްތަ  މީހުންނަށް ވެކްސިން ވަނީ ދީފައެވެ. އެހެން ނަމަވެސް ބާކީ ހުރި ބައެއް ސިޓީތަކުގައި އާބާދީގެ 20 އިންސައްތަ މީހުންނަށް ވެސް ވެކްސިން ޖަހައިފައެއް ނުވެއެވެ.

ޗައިނާގެ ބޯޑަރު ހުޅުވާލަން އެ ޤައުމުން ލަސް ކުރަމުންދަނީ ވެކްސިން ނުޖަހާ ތިބި ހިސާބުތަކުގައި ވައިރަސް ހަލުވި ކަމާއެކު ފެތުރިދާނެ ކަމުގެ ބިރަށެވެ. ޗައިނާއަކީ ކޮވިޑް-19 ފުރަތަމަ ފެނުނު ޤައުމެވެ. އެހެން ނަމަވެސް ޗައިނާއިން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގައި ވައިރަސް ފެތުރޭ މިންވަރު ވަރަށް ބޮޑުތަން ވަނީ ކޮންޓްރޯލްކޮށްފައެވެ.

ޗައިނާގައި މިހާތަނަށް 900 މިލިޔަންއާ ގާތް ކުރާ އަދަދަކަށް ވެކްސިން ޑޯޒް ޖަހައިފައިވެއެވެ.

ޖުމްލަ 91,492 މީހުނަށް އެޤައުމުން ބަލި ވަނީ ޖެހިފައެވެ. އަދި މިބަލީގައި 4,636 މީހުން އެގައުމުން މަރުވިއެވެ. ޗައިނާގައި މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 487 މީހެކެވެ.

Ads by Allied Insurance
  1. ގަމު މީހާ

    ރާއްޖޭގަ ކިރިޔާ ކޮންޓްރޯލް ވާހެން ހީވާއިރައް ޖެހޭ ފިޔަވަޅު ތަކައް ލުއިދޭން. އަދި ބޯޑަރު ވެސް ހުޅުވާލާފަ އެއޮންނަނީ އިންސާނަކަސް ޖަނަވާރަކަސް އެތެރެވެވޭ އެހާމެ ފަސޭހައިން..
    މިވަރުން ބަލި ކޮންޓްރޯލް ވެ ނައްތާލެވޭނެ ދުވަހެއް ފެނިދާނެތަ؟؟

  2. ސިނޯ

    މިރޭޓުގައި ވެކުސިން ދެވިއްޖެނަމަ 5 ލައްކަ މީހުުންނަށް 5 ގަޑިއިރުނުވަނީސް ދީ ނިމޭނެ.