ޚަބަރު ބޮލީވުޑް

ފިލްމީދާއިރާ ދޫކޮށްލިކަަމަށްބުނެ ފެތުރުނު ހަބަރުތަކަށް އަނީތާ ރައްދު ދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސްޓާރ ޕުލަސްގެ ކާމިޔާބު ޑްރާމާ "ޔޭހޭ މޮހައްބަތޭން"ގައި "ޝަގުން"ގެ ރޯލުން މަޝްހޫރުވި އަނީތާ ހަސަނަންދާނީ އެކްޓްކުރުމާ ދުރަށް ދިޔަކަމަށް ފެތުރުނު ހަބަރަށް އޭނާ ރައްދުދީފިއެވެ.

Ads by STELCO

އަލަތު ދަރިއަކު ލިބުމާ ގުޅިގެން މި ވަގުތު ފިލްމީ ދާއިރާއާއި ދުރުގައި ހުރި އަނީތާ ބުނީ އެކްޓްކުރުން ހުއްޓާލިކަމަށް ބުނެ ހަބަރު ފެތުރުމުން ވަރަށް ގިނަ މީހުން އޭނާއަށް މެސެޖު ކުރަމުންދާ ކަމަށެވެ.

"ބައިވަރު ފޭނުން މާޔޫސްކަމާ އެކު އަހަންނަށް މެސެޖް އެބަކުރޭ. އެކްޓްކުރުން ހުއްޓާލީހޭ ކިިޔާފައި. އަހަރެން ރަނގަޅަށް ހަނދާން އެބަހުރި ބުނިންކަން، އަހަންނަކަށް ނޭނގެއޭ އަހަރެން އެނބުރި އެކްޓިން ގެ ދާއިރާއަށް ދާނެ ދުވަހެއް. މިވަގުތު އަހަރެންގެ ޕްރައިއޯރިޓީއަކީ އާރަވް. އަހަންނަށް އަހަރެން ތައްޔާރޭ އިހުސާސްވީމަ އަހަރެން އެނބުރި އަންނާނަން. އަހަރެން ބުނިހާ ވެސް އެއްޗަކީ މިވަގުތު އަހަރެންގެ ހުރިހާ ވަގުތެއް ދަރިފުޅަށޭ" ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަރވިއުއެއްގައި އަނީތާ ބުންޏެވެ.

އަނީތާއާއި އޭނާގެ ފިރިމީހާ ރޯހިތުގެ ފުރަތަމަ ދަރިފުޅު ލިބިފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އެ ދެ މީހުންނަށް ލިބުނު ދަރިފުޅަށް ކިޔާފައިވާ ނަމަކީ އާރަވް ރެޑީއެވެ.

އަނީތާއާއި އޭނާގެ ފިރިމީހާ ރޯހިތު އަދި ދަރިފުޅު އާރަވް

އަނީތާއަކީ ހިންދީ ޑްރާމާގެ އިތުރުން ބޮލީވުޑްގެ ފިލްމްތަކުން ވެސް ފެނިގެން ގޮސްފައިވާ ފަންނާނެކެވެ. އަނީތާ ފެނިގެން ގޮސްފައިވާ ފިލްމްތަކުގެ ތެރޭގައި "ކްރިޝްނާ ކޮޓެޖް" އަދި "ކޮއި އާޕްސާ" ހިމެނެއެވެ.

އޭނާގެ ކާމިޔާބު ޑްރާމާތަކަށް ބަލާލާއިރު "ނާގިން3" "ޔޭހޭ މޮހައްބަތޭން" އަދި "ކާވިޔާއަންޖަލީ" ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!