ބޮލީވުޑް

ދުވަސްތަކަކަށް ފަހު ރިއާ ޗަކްރުބަތީ އައު ފިލްމަކުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ދުވަސްތަކަކަށް ފަހު ރިއާ ޗަކްރުބަތީ ފިލްމަކުން ފެންނަން އުޅޭކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެެ.

Ads by Sosun Fihaara

ރިއާ ޗަކްރުބަތީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ރޫމީ ޖެފަރީގެ މިސްޓްރީ ތްރިލަރ "ޗެހެރާ" އިންނެވެ. މި ފިލްމަކީ ބޮލީވުޑް މަޝްހޫރު ގިނަ ފަންނާނުން ހިމެނޭ ފިލްމެކެވެ.

ފިލްމު “ޗެހެރާ”އިން ރިއާ އާއެކު ދެން ފެނިގެންދާ ތަރިންގެ ތެރޭގައި އަމީތާބް ބަޗަން، އިމްރާން ހާޝްމީ، އަނޫ ކަޕޫރު އަދި ކްރިސްޓަލް ޑިސޫޒާވެސް ހިމެނެއެވެ. މި ފިލްމު ރިލީސް ކުރާ ތާރީހެއް އަދި ބުނެފައެއް ނުވެއެވެ. ފިލްމުގެ ޝޫޓިންއަށް ތައްޔާރުވެފައިވީ ނަމަވެސް ކޮވިޑް ހާލަތާ ގުޅިގެން ޝޫޓިންތައް ވަނީ ފަސްކޮށްފައެވެ.

މިދިޔަ އަހަރު ޖޫން މަހުގެ 14 ވަނަ ދުވަހު މުޅި ބޮލީވުޑް ހިލުވައިލީ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައާ ގުޅިގެން ރިއާގެ މައްޗަށް ވަނީ ގިނަ ތުހުމަތުތަކެއް ކުރެވިފައެވެ. ސުސާންތު މަރުވެފައި ވަނީ އޭނާގެ ކޮޓަރީގައި އަމިއްލައަށް ދަންޖެހިގެންނެވެ.

ސުޝާންތުގެ މަރުގެ މައްސަލައަށް ފަހު ފެންމަތިވި ޑްރަގު މައްސަލައިގެ ތަހުގީގަށް ރިއާ ބަންދު ކުރުމުގެ އިތުރުން އެތައް ދުވަހެއްގެ މަތިން ރިއާއާ ސުވާލު ކުރުމަށް ފުލުހުންގެ އިދާރާއަށް ވެސް ހާޒިރު ކުރި އެވެ.

ރިއާ އާންމުންގެ މަގުބޫލުކަން ހޯދީ 2018 ވަނައަހަރު ދެއްކި ރޮމޭންޓިކް ޑްރާމާ ފިލްމު "ޖަލޭބީ" އިންނެވެ. އެ ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!