ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައްޔިތުން މަޖިލީހުގެ ރައީސްގެ ގެކޮޅުގައި ދިރިއުޅެވޭނެ މީހުން ކަނޑައަޅައިފި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް އުޅުއްވުމަށް ހަމަޖައްސަވާ ގެކޮޅުގައި ދިރިއުޅެވޭނެ މީހުން ކަނޑައަޅައިފިއެވެ.

Ads by STELCO

ދައުލަތުގެ ވެރިންނަށް ގެދޮރު ހަމަޖެއްސުމުގެ އިސްލާހުގެ ބިލް ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް މި މަހު ނުވަވަނަ ދުވަހު ވަނީ ފޮނުވައިފައެވެ. އެ ކޮމިޓީން ނިންމީ އެ ބިލުގައިވާ ގޮތަށް އެ ދެ ބޭފުޅުން ވެސް ދިރިއުޅުއްވާނެ ވަކި ތަނެއް ހަމަޖެއްސެވުމަށެވެ. އަދި އެތަނުގައި އެ ބޭފުޅުންގެ އިތުރުން އެ ބޭފުޅުންގެ އާއިލާ މެމްބަރުންނަށް ވެސް ތިބެވޭނެ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މި ބިލު ފާސް ކޮށްފައި ވަނީ މި މަހު 13 ވަނަ ދުވަހުގެ ރެއެވެ. މި ބިލް މަޖިލީހަށް ހުށަހެޅީ، ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. އަދި މަޖިލީހުގެ ރައީސްއާ ރައީސްގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއެއް މަޖިލީހުން ހަމަޖައްސައިދޭން ބުނެފައިވާއިރު ރައީސްގެ އާއިލާގެ ގޮތުގައި ހިމަނައިފައި ވަނީ ރައީސާއެކު ދިރިއުޅޭ އަނބިމީހާ ނުވަތަ ފިރިމީހާއާއި ދަރިންގެ އިތުރުން މަންމައާއި ބައްޕަ ކަމަށް ބިލުގައި ވެއެވެ.

އެހެން ނަމަވެސް މަޖިލީހުގެ ރައީސަށް ކަނޑައަޅާ ގެކޮޅުގައި ދަރިންގެ ތެރޭގައި 18 އަހަރު ނުފުރޭ ދަރިންނާއި، 18 އަހަރު ފުރުނަސް ކައިވެނި ނުކޮށް ތިބޭ ދަރިިންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ދަރިން ދިރިއުޅެވޭނެ ގޮތަށް އިސްލާހު ގެންނަން ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ފާސް ކޮށްފައެވެ. 241 ކޮމެޓީން އެކުލަވައިލި ރިޕޯޓްގައި ބުނެފައި ވަނީ މިގޮތަށް އިސްލާހަށް ބަދަލު ގެންނަން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާގައި އެ ގޮތަށް ބޭފުޅުން ތިއްބެވުމުން ކަމަށާއި ތިންބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސާ އިރު ހަމަހަމަކޮށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

Ads by Allied Insurance
  1. ލަދު

    ތިންބާރޭބުނާއިރ ރައީސަކ އެންހ ރައްޔިތުނ ވޯޓުނ ހޮވޭބޭފުޅެއ މަޖިލީހުގ ރައީސަކ ކުޑަދާއިރާއަކުނ މަދުވޯޓްކޮޅަކުނ ހޮވިފާވާމީހެއ. ރައްޔިތުންގެޓެކްސްފައިސާއިނ ހުރިހާހަރަދެއ.