ޚަބަރު

ފޯނު ނަންބަރު އޮޅުންފިލުވަނީ ޖޫރިމަނާ ކުރެވިއްޖެ ނަމަ އެކަން އަންގަން: ފުލުހުން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް19ގެ ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަޅައިފައިވާ ފިޔަވަޅުތައް ތަންފީޒުކުރަން މާލެ ތެރޭގައި އުޅޭ ފުލުހުން، މަސައްކަތާ ނުގުޅޭ މައުލޫމާތު ސާފުކުރާކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނަށް ހުށައަޅައިފައި ނުވާ ކަމަށާއި ބައެއް ހާލަތްތަކުގައި ފޯނު ނަންބަރު އޮޅުން ފިލުވަނީ ޖޫރިމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން އެސްއެމްއެސްއަކުން އެންގުމަށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަސައްކަތާ ނުގުޅޭ ޒާތީ މައުލޫމާތު ފުލުހުން އޮޅުންފިލުވާކަމަށް ބުނެ ސޯޝަލް މީޑިޔާގައި މީހަކު ކުރި ޝަކުވާއަކާ ގުޅިގެން ފުލުހުން ވިދާޅުވީ ޕާމިޓް ކަށަވަރު ކުރުމަށް ބައެއް ހާލަތްތަކުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ޖޫރިމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތަކަށް އެންގުމަށް ފޯން ނަންބަރު އޮޅުން ފިލުވާނެކަމަށެވެ.

މިފަދަ މައްސަލައެއް ފުލުހުންގެ ފަރާތުން ފެނިއްޖެ ނަމަ ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިގެން އެ މައްސަލައެއް ބެލުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.

  1. މަރީ

    ދެން މީހަކާ އިދެގެންހޭ އަހަނީ ފިރިމީހާ ނުވަތަ އަނބިމީހާއަށް މެސެޖްކުރަންތަ؟

  2. ޖުހާ

    މީހަކާ އިނދެގެންތޯ ބަލަނީ ކައިވެނިން ޓެކުސްނަގަން ދެއްތޯ؟