ބޮލީވުޑް

ހަސީން ދިލްރުބާގެ” ފުލުހެއްގެ ރޯލަށް އިންސްޕެކްޓަރ އަބީޖީތު"

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ނެޓްފްލިކްސްއިން ދެއްކުމަށް ހަމަޖެހިފައިވާ ފިލްމް "ހަސީން ދިލްރުބާ"ގައި ސިފައިންގެ މީހެއްގެ ރޯލުން ފެނިގެންދާނީ ސޮނީ ޗެނަލުން ދެއްކި ސީއައިޑީގައި އިންސްޕެކްޓަރ އަބީޖީތުގެ ރޯލުން ފެނިގެން ދިޔަ އަދްތިޔާ ސްރިވަސްތަވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by Sosun Fihaara

ފިލްމްގެ ޓީމުން ބުނާ ގޮތުގައި އެފިލްމަށް ބޭނުންވާ "ޕާރފެކްޓް ކޮޕް"އަކީ އަދްތިޔާއެވެ. އަދި އެކެރެކްޓާއަށް އެންމެ ފިޓް މީހަކީ ވެސް އޭނާކަމަށް ހަސީން ދިލްރުބާގެ ޓީމުން ބުނެއެވެ.

"އަހަރުމެންނަށް ފެނުން އަދްތިޔާ ޓަފްް ކޮޕެއްގެ ގޮތުގައި. އެކަމަކު މިފިލްމް އޭނާ ފެނިގެން ދާނީ ޓަފް އެހެން ނަމަވެސް ފެއިލް ވަމުންދާ އޮފިޝަލެއްގެގޮތުގައި. އެހެން ނަމަވެސް މި އުނދަގޫ ރޯލު ވެސް އޭނާ އަދާކުރީ ވަރަށް ފުރިހަމައަށް. ވަރަށް ހުނަރުވެރިކަމާ އެކު." އަދްތިޔާގެ މަސައްކަތާ މެދު ހިތްހަމަޖެހިގެން ހުރި "ހަސީން ދިލްރުބާ" ގެ ޑައިރެކްޓަރ ވިނިލް މެތިއު ބުންޏެވެ.

ސީއައިޑީގެ މަންޒަރެއްގައި އަދްތިޔާ

އަމިއްލަ ފިރިމީހާ މަރައިލައި އަންހެނެއްގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމް "ހަސީން ދިލްރުބާ"ގައި އަދިތްޔާގެ އިތުރުން ދެން ފެނިގެންދާނީ ތާޕްސީ ޕައްނޫ، ވިކްރާންތު މަސީގެ އިތުރުން ހަރްޝްވަރްދާން ރާނެއެވެ. ފިލްމް ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހު ހަމައެކަނި ނެޓްފްލިކްސްއިންނެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މިފިލްމްގެ އޮފިޝަލް ޓްރެއިލާ ވަނީ ދުވަސްކޮޅެއް ކުރިން ދައްކައިލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!