ޚަބަރު

ރައްޔިތުންގެ އިތުބާރު ގެއްލުމުން މެންބަރުކަން ގެއްލޭ ބިލެއް ހުށަހެޅުމަށް ގޮވައިލަނީ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ދެން އިމޭޖްސް

ދާއިރާއެއްގެ އިންތިޚާބު ކުރެވޭ މެންބަރަކާ މެދު، އެ ދާއިރާގެ ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ހިނދެއްގައި، އެ މެންބަރެއްގެ އިތުބާރު ނެތް ކަމަށް ވޯޓް ނެގޭނެ ގޮތަށް ބިލެއް މަޖިލީހަށް ހުށަހަޅަން ފެންނަ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ޓެގު ކުރައްވާ ޑރ އިޔާޒު ވިދާޅުވީ، ދާއިރާގެ ރައްޔިތުންގެ އިތުބާރު އެ މެމްބަރަކަށް ގެއްލިއްޖެ ހިނދެއްގައި މެމްބަރުކަމުން ވަކިކުރެވޭ ގޮތަށް ބިލެއް ހުށަހަޅަން ފެންނަ ކަމަށެވެ.

ޑރ. އިޔާޒުގެ މި ވާހަކަތަކަށް ތާއީދު ކުރައްވާ މޮސްޓާ ވިދާޅުވީ، އިތުބާރު ނެތްނަމަ އެ މެންބަރެއް ވަކި ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި، ހަމަ އެގޮތަށް ރައީސުލް ޖުމްހޫރިއްޔާ ވެސް ވަކި ކުރެވޭނެ ގޮތެއް ހޯދަން އެބަ ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަކީ މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ކުރަންވެއްޖެ ކަމެއް ކަމުގައި ވެސް މޮސްޓާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ. ރައްޔިތުން މަޖިލީހުން އެ ވޯޓު ނަގާއިރު، ޤާނޫނުގައި ބުނެފައިވާ ފަދަ މައްސަލައެއްގައި ނޫނީ ރައީސްގެ ނޯކޮންފިޑެންސް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެނެއް ނުވެއެވެ. ރައްޔިތުންގެ އިތުބާރު ގެއްލިގެން ރައްޔިތުންގެ ވޯޓަކުން ރައީސް ވަކި ކުރުމަށް ގާނޫނުގައި ބުނެފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!