ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ކޮންމެ ހާލަތެއްގައި ވެސް އެހީތެރިވާނަން: މިނިސްޓަރ ޝާހިދު
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކޮންމެ ހާލަތެއްގައި ވެސް އެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވުމާ ގުޅިގެން، އޮސްޓްރޭލިއާގައި ދިރިއުޅެމުންދާ ދިވެހިން ބޭއްވި ޚާއްސަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެއިން ބޭރުގައި އެކި ބޭނުންތަކަށް ދިރިއުޅޭ ދިވެހިންނަށް ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކޮންމެ ހާލަތެއްގައި ވެސް އެ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދޭކަމަށެވެ.
އަދި ދިވެހިރާއްޖެއަށް މި ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ލީޑަރޝިޕް ދައްކަން ފުރުސަތު ލިބިފައިކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން މި ދަނޑިވަޅަކީ ކޯވިޑް-19ގެ ބަލިމަޑުކަމުގައި ދުނިޔެ އޮތް ވަގުތަކަށްވުމާ އެކު، ދިމާވާ ދަތިތަކާއެކު ވެސް ސަރުކާރާ އެކު މަސައްކަތް ކުރައްވަމުން ގެންދެވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. އދގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ފޮރިން މިނިސްޓަރ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ބައްލަވާާ ރުފިޔާގެެ އަގުު ވެއްޓިި މީީ ހުންް ބަޑައްޖެހިއްޖެެ އިގޭތޯޯ ރައްޔަތުންގެެ ބަލަދުވެރިި އަކަށްް ހުރެވޭތޯޯ ކުރެއްވިި ހުވާާ އަށްް ތެދުވެރިވެލައްވާ