ވިޔަފާރި

ސުޕަނެޓް އަގު ހެޔޮކޮށް، ބާކީ ހުންނަ ޑޭޓާ އަނެއް މަހު ބޭނުންކުރެވޭ ގޮތް ހަދައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސްގެ ތަސައްވުރާއި ސަރުކާރުގެ ނެޓު ހެޔޮ ކުރުމުގެ މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފިއެވެެ.

Ads by Sosun Fihaara

މި ބަދަލުގެ ދަށުން އައު 4 ޕްލޭނާއެކު %100 އާ ހަމައަށް އިތުރު ޑޭޓާ އަދި ރާއްޖޭގައި މުޅިން އަލަށް އުރީދޫއިން ތައާރަފް ކުރި ޑޭޓާ ރޯލްއޯވަރގެ ޚިދުމަތް ސުޕަރނެޓް ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެއެވެ. މި ބަދަލުތަކާ އެކު އުރީދޫ ސުޕަރނެޓްގެ ޚިދުމަތަކީ މިހާރުގެ މާކެޓްގައި ހެޔޮ އަގުގައި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ލިބޭ ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކެވެ.

ޑޭޓާ އެލަވަންސް، ޑޭޓާ ރޯލްއޯވަރ އަދި ހަލުވި ސްޕީޑްތަކުގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ވަނީ ސުޕަރނެޓް ކަސްޓަމަރުންނަށް ސުޕަރނެޓް ވޮއިސްގެ ޚިދުމަތާއި އުރީދޫ ކްލަބް ޕްރީމިއަރ ލޯޔަލް ޕްރޮގްރާމްގެ ޚިދުމަތް ވެސް އިއުލާނުކޮށްފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ޑިޖިޓަލް ޙިދުމަތްތައް ބޭނުންކުރަންޖެހޭ ވަރު އިތުރުވެ އާންމު ދިރިއުޅުމުގެ ކަންކަމަށް ވެސް އިންޓަނެޓް ޚިދުމަތުގެ މުހިންމުކަން މިއަދު މިވަނީ ނުހަނު ބޮޑުތަނުން އިތުރުވެފައި ކަމަށެވެ. އަދި މި ޑިޖިޓަލް ދުނިޔޭގައި ފުރިހަމަ އިންޓަނެޓްގެ ޚިދުމަތް ތަޖުރިބާކޮށް އޭގެ ފައިދާ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް، ސުޕަރނެޓް ޕްލޭންތަކަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައި ކަމަށް ނަޖީބު ވިދާޅުވިއެވެ.

“ހެޔޮ އަގުގައި ބޮޑެތި ޑޭޓާ އެލަވަންސްގެ ލިބުމުގެ އިތުރުން މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އަނެއްމަހުގެ އެލަވަންސްއާ އެކު ބޭނުން ކުރެވި މެދުކެނޑުމެއް ނެތް ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ކޮންމެ ކަސްޓަމަރަކަށް ވެސް ފަހިވެގެންދާނެ" ނަޖީބް ވިދާޅުވިއެވެ.

ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްއަށް މި ގެނައި އަޕްގްރޭޑްއާ އެކު އުރީދޫއިން ވަނީ ސަރުކާރުގެ ހުށަހެޅުންތަކަށް ބިނާކޮށް އައު ހަތަރު ޕްލޭންއެއް ތައާރަފްކޮށްފައެވެ.

އަލަށް ނެރުނު ޕްލޭން ތަކުގެ އިތުރުން ސުޕަރނެޓްގެ ކުރީގެ ޕްލޭންތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން  100% އާ ހަމައަށް ސުޕަރނެޓްގެ ހުރިހާ ޕްލޭންތަކެއްގެ ޑޭޓާ އެލަވަންސް ވަނީ އިތުރުކުރެވިފައެވެ. މީގެ ސަބަބުން ޖީބީއެއް ވިއްކާ އަގު ތިރިވެ، ކަސްޓަމަރުންނަށް މި ޕްލޭންތައް މެދުވެރިކޮށް އިތުރު ޚަރަދަކާ ނުލައި ކުރިއަށް ވުރެ ގިނަ ކަންކަން ކުރެވިގެންދާނެއެވެ.

ސުޕަރނެޓްގެ ހުރިހާ ޕްލޭންތަކަށާއި އެޑްއޮންތަކަށް ޑޭޓާ ރޯލްއޯވަރގެ ޚިދުމަތް ލިބިގެންދާނެއެވެ. ރާއްޖޭގައި މުޅިން އަލަށް އުރީދޫ ކަސްޓަމަރުންނަށް މަސް ނިމިގެންދާއިރު ބޭނުން ނުކުރެވި ހުރި ޑޭޓާ ބޭކާރު ނުވެ، އެއްވެސް ލިމިޓެއް ނެތި ދެން އަންނަ މަހުގެ ޑޭޓާ އެލަވަންސްއާ އެކު ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެއެވެ.

ޑޭޓާ ރޯލްއޯވަރ

ތްރޮޓްލްޑް ސްޕީޑް

ޑޭޓާ އެލަވަންސް

އަގު

އައު ސުޕަރނެޓް ޕްލޭންތައް

ü

2 އެމްބީޕީއެސް

ޖީބީ30

250ރފ

ސުޕަރނެޓް 5އެމް (30ޖީބީ)

ü

5 އެމްބީޕީއެސް

ޖީބީ65

400ރފ

ސުޕަރނެޓް 10އެމް (65ޖީބީ)

ü

5 އެމްބީޕީއެސް

ޖީބީ130

500ރފ

ސުޕަރނެޓް 20އެމް (130ޖީބީ)

ü

5 އެމްބީޕީއެސް

ޖީބީ210

700ރފ

ސުޕަރނެޓް 30އެމް (210ޖީބީ)

ކަސްޓަމަރުންގެ އަގު ވަޒަން ކުރުމަށް ޓަކައި އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ އުރީދޫ ކްލަބް ޕްރިމިއަރ ރިވާރޑް ސްކީމްގެ ޚިދުމަތްތައް ވެސް ސުޕަރނެޓް 35އެމް އިން ފެށިގެން މަތީ ޕްލޭންތައް ގެންގުޅުއްވާ ފަރާތްތަކަށް 1 ޖުލައިއިން ފެށިގެން ލިބިގެންދާނެއެވެ. މިޚިދުމަތާ އެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ރެސްޓޯރެންޓް އަދި ކެފޭތަކުން ލިބޭ ޚާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ. މީގެ އިތުރުން އުރީދޫ ކްލަބް ޕްރިމިއަރ ލައުންޖްއަށް އެކްސެސްވެވި ހިތްގައިމު މާހައުލެއްގައި އެންމެ ފެންވަރު ރަނގަޅު ޚިދުމަތެއް ލިބިގެންދާނެއެވެ.

އުރީދޫއަށް ފިކްސްޑް ބްރޯޑްބޭންޑް ލައިސަންސް ލިބުނީއްސުރެ ވެސް ބްރޯޑްބޭންޑްގެ ޚިދުމަތް ހެޔޮ އަގުތަކުގައި މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް ޓަކައި ވެސް އެތައް މަސައްކަތެއް އުރީދޫއިން ކުރަމުންދެއެވެ. ރާއްޖޭގެ އާބާދީގެ 75%އަށް މިހާރު ސުޕަރނެޓްގެ ޚިދުމަތް ލިބޭ އިރު، ޚިދުމަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެ ކަވަރ ކުރުމަށް އުރީދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ. ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ،އިންޓަރނެޓްގެ ޚިދުމަތް ވީހާ ވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް އެކުންފުނިން އަރުވައެވެ.

  1. ނަރުދޫ ހަސަނު

    ޢުރީދޫ އަކި ހަމަ ކަސްޓަމަރުން ފެލުމުގެ އެއްވަަނ. މަހުގެ 21 ގަ ފޯން ކަނޑާލާނެ. ޅަރިދައްކައިގެން ގަނެފަ އޮންނަ ޑޭޓާ ކޮޅު ދިރުވާލާނެ. 400 ރުފިޔައަސްވުރެ ބޯޑެއްނުވަނެޔެ ކިޔާ ފޮނިކަނޑާނެ. އެކަމު 400 ރުފިޔައަކީ އުރީޑުގެ ލައިން ގެ އަގޭ ކިޔާފަ ދެން ކުރަ ހަމަ ކޮންމެ ކޯލަކަށް ދަބަލް ޗާރޖް ކުރާނެ. ހަމަ ސީދާ ފޭރުމުގެ ބޮޑުކުންފުންޏެއް. ދިވެހިން ފެލައިގެ އުޅޭ ކުންފުންޏެއް

    • ކަނޑައެޅިގެން ރޯ ބުހުތާނު ދޮގެއް ތި ހެދީ.