ބޮލީވުޑް ސްކްރީން: ސަލްމާން ޚާން ކުރިމަތީގައި ކެޓްރީނާއަށް ޕްރޮޕޯސް ކުރަން ވިކީ ޖެހިލުމެއް ނުވި
ބޮލީވުޑްގެ ޚަބަރުތަކަށް އަވަސް ކަޅިއެއް ހިންގައިލާއިރު، މިއަދު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ، ޖޯޑެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ ސަލްމާން ޚާންއާއި ކެޓްރީނާ ކެއިފްއާ ދެމެދު ހިނގި މަޖާ ހާދިސާއެކެވެ.
އޭގެ އިތުރުން ސަމަންތާ އަކިނެނީ މޭކަޕް ނުކޮށް ނަގައިފައި ހުރި ފޮޓޯއެއް ވައިރަލްވުމާއި އަލަތު ކައިވެންޏަށް ތައްޔާރުވާން ރާހުލް ނިދި ނަގައިލައިފައިވާ ޚަބަރު ވެސް މިއަދު ފާހަގަ ކޮށްލެވެއެވެ.
ސަލްމާން ޚާން ކުރިމަތީގައި ކެޓްރީނާއަށް ޕްރޮޕޯސް ކުރަން ވިކީ ޖެހިލުމެއް ނުވި
މިހާރު ބޮލީވުޑްގެ އެންމެ "ހޮޓް ކަޕްލް" ގެ ގޮތުގައި ގިނަ ބަޔަކަށް ފާހަގަ ވަމުން އަންނަ ކެޓްރީނާ ކެއިފް އާއި ވިކީ ކޯޝަލްގެ ގުޅުމަށް އެ ދެމީހުން އެއްބަސް ނުވި ނަމަވެސް، ދެމީހުން އެކުގައި ގިނަ ވަގުތު ހޭދަ ކުރުމާއި އެކި ޙަފްލާތަކަށް ވެސް އެއްކޮށް ދިޔުމުން އެމީހުން ނުބުނާ ޖަވާބު ވަނީ ގިނަ ބަޔަކަށް ލިބިފައެވެ.
ކެޓްރީނާއާއި ވިކީގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުޙީއަށް މިހާރު އަރަމުންދާ އިރު، އެވޯޑް ފަންކްޝަނެއްގައި ހިނގި ކަމެއް ވެސް މިހާރު ވަނީ މީސް މީޑިއާގައި އާންމުވެފައެވެ.
ކެޓްރީނާގެ ލޯބިވެރިޔާކަމަށް އެތައް އަހަރެއް ވަންދެން މީހުން ޤަބޫލުކުރި މަޝްހޫރު އެކްޓަރު ސަލްމާން ޚާން ވެސް އިންދާ، އޭނާ ކުރިމަތީގައި ވިކީ ވަނީ ކެޓްރީނާއަށް ކައިވެނި ހުށަހަޅައިފައެވެ. ސަލްމާންއަށް އެކަމުން މާ ބޮޑު އަސަރެއް ނުކުރި ނަމަވެސް، ކެޓްރީނާ އެދުވަހު ބުނެފައި ވަނީ ވިކީއާ ކައިވެނި ކުރަން އޭނާއަށް ނުކެރޭނެ ކަމަށެވެ.
މޭކަޕްއާއި ފިލްޓަރެއް ނުލައި ސަމަންތާގެ މަންމަ ނަގައިދިން ފޮޓޯ އެތައް ބަޔަކަށް ކަމުގޮސްފި
ބޮލީވުޑްގެ އެކްޓަރުން މާ ގަދަޔަށް މޭކަޕް ކޮށްފައި ހުރުމަކީ، ގިނަ ބަޔަކު ވަރަށް ފާހަގަ ކުރާ ކަމެކެވެ. މީހުން ދެކޭ ގޮތުގައި އެކްޓަރުން އެފަދައިން ކަންތައް ކުރަނީ އަސްލު ސޫރަ ދައްކަން ޖެހިލުންވެގެންނެވެ.
ނަމަވެސް އެކްޓްރެސް ސަމަންތާ އަކިނޭނީ މިވަނީ އެއީ ދޮގެއްކަން ސާބިތު ކޮށްދީފައެވެ.
ސަމަންތާ މޭކަޕް ނުކޮށް ހުއްޓާ އިތުރު ފިލްޓާ އެއްވެސް ނުލައި ނެގި ފޮޓޯއަށް އެތައް ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މިއީ ވަރަށް ޚާއްސަ ފޮޓޯއެކެވެ. އެގޮތުން މި ފޮޓޯ ނަގައިދިނީ އޭނާގެ މަންމަ ކަމަށް ވެސް ބުނެފައިވެއެވެ.
އަލަތު ކައިވެންޏެއް ކުރާ ހިތުން ރާހޫލްގެ ލޮލުން ނިދި ގެއްލިއްޖެ
އެކްޓަރުން ރާހޫލް ވޭދްޔާއާއި ދިޝާ ޕަރްމާރް މިހާރު އެންމެ ބޮޑަށް ތައްޔާރު ވަމުން ދަނީ މީގެ ހަ ދުވަސް ފަހުން އޮތް އެ ދެމީހުންގެ ކައިވެންޏަށެވެ.
އަލަތު ކައިވެންޏަށް ވަމުން އަންނަ ތައްޔާރީތަކާ ބެހޭ ގޮތުން އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ރާހުލް ބުނީ ދެމީހުންގެ އާއިލާ ވެސް މިދުވަސްކޮޅު އުޅެނީ ވަރަށް ބުރަކޮށް ކަމަށެވެ.
ކައިވެނީގެ ޙަފްލާގައި ޚާއްސަ ނެށުމެއް ދިނުމަށް ޑާންސް ޕްރެކްޓިސް ކުރަމުންދާ ކަމަށާއި ދައުވަތު ކާޑުތައް ބަހަން ޖެހުމުގެ އިތުރުން ކައިވެނި ކުރާއިރު ލާނެ ކުރުތާއެއް ހޯދުން ވެސް އަދި އެބައޮތް ކަމަށް ރާހުލް ބުނެފައިވެއެވެ.
އޭނާ ބުނި ގޮތުގައި މި ހުރިހާ ތައްޔާރީތަކުގެ ސަބަބުން އޭނާ ވަނީ ދެ ލޮލުން ހަމަ ނިދި ގެއްލިފައެވެ. އަލަތު ކައިވެންޏަށް ތައްޔާރުވުމުގެ ކަންތައްތަކާ ރަނގަޅަށް ނުނިދާތާ ތިން ރޭ ވެދާނެ ކަމަށް ވެސް ރާހުލް ބުނެފައިވެއެވެ.
ސަލްމާން އެހުންނަނީ ކަނޑު ގުރުވަ ނޫނީ ނުކާން. ޙިއްވަރު ކޮށްގެން. ޢެހެން ހުއްޓާ ތެޔޮ ނާށި ވެސް ކާޅު ޖަހައި ގަންނަތަން ފެންނާނީ.