Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ޔާމީންއަށް ހުކުމް އިއްވީ ސަރުކާރު ކޯލިޝަންގެ ނުފޫޒުން: ޝިޔާމް

ރައީސް ޔާމީންއަށް ހުކުމް އިއްވީ ސަރުކާރު ކޯލިޝަންގެ ނުފޫޒުން: ޝިޔާމް

ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވައިފައިވާ ހުކުމަކީ ސަރުކާރުގެ ކޯލިޝަނުގެ ނުފޫޒުން އިއްވި ޙުކުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުކުމް އެގޮތަށް އޮއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ދެވިގެން ނުވާނެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް މައުމޫނު ވިދާޅުވީ ރައީސް ޔާމިނަށް ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް ފުރުސަތު ލިބެން ޖެހޭނެ ހަމައެކަނި ގޮތަކީ މިހާރު ކޯޓުންކޮށްފައިވާ ހުކުމް ބާތިލްކުރުން ނުވަތަ އެހެން ގޮތަކުން ވިޔަސް މިނިވަން ވުން ކަމަށެވެ.

Advertisement
Ooredoo — Square (box)

އެ ވާހަކަތަކާ ގުޅިގެން ޝިޔާމް ވިދާޅުވީ ސަރުކާރުގެ ކޯލިޝަނުން ޤައުމު މިއަދު މި އޮތް ހާލަތަށް ވައްޓައިލުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ. އަދި ޤައުމު ސަލާމަތްކުރުމުގެ ޤާބިލުކުރަން ހުރި ހަމައެކަނި ލީޑަރު ރައީސް ޢަބްދުﷲ ޔާމީނަށް 2023ގައި ވާދަނުކުރެއްވޭނެ އެއްވެސް ގޮތެއް ދިވެހިން ބަލައިނުގަންނާނެ ކަމަށެވެ.

https://twitter.com/shiyamaldives/status/1419977762954256387?s=21

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ މީހަކު ކުށެއް ކޮށްފިއްޔާ އެމީހަކަށް އަދަބު ލިބުމަކީ ގާނޫނީ ގޮތުން އެންމެ ރަނގަޅު ކަމެއް ކަމަށެވެ. އަދި ޝަރީއަތާ ބެހެން ބޭނުން ނުވާ ކަމަށާއި މިހާރު ޔާމިން އެ އޮންނެވީ ކުށެއް ސާބިތުވެގެން ޖަލުގައި ކަމަށެވެ. އަދި އެހެން ހުންނަވަނިކޮށް ނިކުމެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުން ކަހަލަ ކަމެއް ކުރެވިގެން ނުވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް