ޔާމީން ވަނީ ބޮޑުތަކުރުފާނުންގެ ގިންތީގައި، މައުމޫނު ނިކުމެވަޑައިގަތީ ވެސް ލެގަސީ ހަލާކުކޮށްލައްވާ ކަމަށް ބުނެ!
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ކުރައްވަމުން ގެންދިޔަ ތާޢީދު، ޕީޕީއެމްގެ ކުރީގެ ރައީސް ، ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަނބުރާ ގެންދެވީ، ރައީސް ޔާމީން ހިންގަވަމުން ގެންދެވި ތަަރައްޤީގެ ޕްރޮޖެކްޓްތަކުގެ ސަބަބުން ކަމަށް ޕީޕީއެމް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ލީޑަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމަށް އެ ޕާޓީން ހިންގަމުން އަންނަ ހަރަކާތުގެ ތެރެއިން މިރޭ އެ ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅުން ޕާޓީއަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި އަދުރޭ ވިދާޅުވީ، ރައީސް މައުމޫންގެ ތާޢީދު އޭރުގެ ކޯލިޝަނުން އަނބުރާ ގެންދެވީ، ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ ރައީސް މައުމޫންގެ ލެގަސީ ފޮހެލަން ކަމަށް ވިދާޅުވެ ކަމަށެވެ.
"ތިމަންނަގެ ލެގަސީ ދުއްވާލާށޭ ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ" ރައީސް މައުމޫނާއި ރައީސް ޔާމީންގެ ގުޅުން ގޯސްވެފައި ވަނިކޮށް ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް ރައީސް މައުމޫނާއި 2016 ވަނަ އަހަރު އޮކްޓޯބަރު 7 ވަނަ ދުވަހު ރައީސް މައުމޫންއާ ބައްދަލު ކުރެއްވުމުން ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވިިއެވެ.
އަދުރޭ ވިދާޅުވީ، މާލޭގައި ބިނާ ކުރި ކިންގް ސަލްމާން މިސްކިތާއި ބްރިޖާއި ހުޅުމާލޭ ހިއްކުމުގެ ޕްރޮޖެކްޓްތަކާއި ރައީސް މައުމޫން ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ކަމަށެވެ. އަދި ހުޅުމާލެ ހިއްކަވާފައި ވަނިކޮށް ފޭސް ދޭއެއްގެ ނަމުގައި "ޒުވާނުންގެ ޝަހަރެއް" ހިއްކުމުގެ ބޭނުމަކީ ކޮބައިތޯއާއި އިސްލާމީ މަރުކަޒެއް ހުއްޓާ އަލުން އިސްލާމީ މަރުކަޒެއް ހެދުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރެއްވި ކަަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ، އެމަސައްކަތަށް ވުރެ މުހިންމު ކަންކަން އެބަހުރި ކަމަށް ރައީސް މައުމޫން ވިދާޅުވި ކަމަށާއި ރައީސް މައުމޫން ބިރުފުޅުގަތީ، އެމަނިކުފާނުގެ ލެގަސީ ދުއްވާލަން މަސައްކަތް ކުރާ ކަމަށް ހީކޮށް ކަމަށެވެ.
"އަޅުގަނޑުމެންގެ ޤައުމު ތަަރައްޤީވީމަ ރަނގަޅުވަނީ އަޅުގަނޑުމެން އެންމެނަށް ނޫންތޯ. ހުޅުމާލެއާއި މާލޭއާ ދޭތެރޭގައި ބްރިޖް އެޅީމަ ފައިދާވީ ހަމައެކަނި ރައީސް ޔާމީނަށްތޯ؟ ދިވެހި ރައްޔިތުންނަށް ފައިދާވީ. މުޅި ދިވެހި ޤައުމަށް ފައިދާވީ. ހުޅުމާލޭގައި ޔޫތު ސިޓީއެއް ބިނާ ކުރީމަ އޭގެ ފައިދާވީ ދިވެހި ރައްޔިތުންނަށް. އިސްލާމީ މަރުކަޒެއް އާޓިފިޝަލް ބީޗްގައި ބިނާ ކުރީމަ އޭގެ ރީތި ނަން ލިބެނީ ދިވެހި ރައްޔިތުންނަށް. ދިވެހި ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު އެއިން ދައްކައިދެނީ. އެންމެ އިސްލާމީ މަރުކަޒެއް ނޫން ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ހުންނަން ޖެހެނީ." އަދުރޭ ވިދާޅުވީ މި ވާހަކަތައް ދޮގު ކުރަން ރައީސް މައުމޫނަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.
އަދުރޭގެ ވާހަކަފުޅުގައި ޕީޕީއެމްއަށް ސޮއި ކުރި ފަރާތްތަކަށް އިޝާރާތް ކުރައްވާ ވިދާޅުވީ، މިއަދު އެބޭފުޅުން އެގުޅިވަޑައިގަތީ ޤައުމީ ޕާޓީއާ ކަމަށެވެ. އަދި މީގެ އަަހަރުތަކެއް ފަހުން ރައީސް ޔާމީން މިންކުރާނީ ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތި ކަމުން ސަލާމަތްކޮށްދިން ބަތަލު ކަމަށްވާ މުޙައްމަދު ތަކުރުފާނާ އެއް ފެންވަރުން ކަމަށް ވިދާޅުވިއެވެ. މިކަމާ މިއަދު ޖޯކު ޖަހާނެ ބަޔަކު ތިބެފާނެ ކަމަށް ވިދާޅުވެ ވިދާޅުވީ، ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުން ރާއްޖޭއަށް 50 އަހަރުގެ ތަރައްޤީ ގެނެސްދީފައިވާ ކަމަށެވެ.
"ދިވެހި ޤައުމީ ޕާޓީއަކީ ޕީޕީއެމް. ދިވެހި ޤައުމީ ލީޑަރަކީ ރައީސް ޔާމީން. މީގެ 60، 70 އަހަރު ފަހުން ރައީސް ޔާމީން މިންކުރާނީ މުހައްމަދު ތަކުރުފާނާ އެއް ފެންވަރުން." އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ކުރިމަތިވި ގޮންޖެހުންތަކާއެކުގައި ވެސް ފަސް އަހަރުން 50 އަހަރުގެ ތަރައްޤީ ގެނެސްދެއްވި ކަމަށާއި އެއީ ޤައުމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ.
ޔާމީނަށް އަދުރޭ ހުސާމަތުކުރާނެ ހާދަޑޮލަރެކޭ އެމްއެމްޕީއާރސީން ލިބުނީ އެހުރީ ބަނޑުފުރާލައިފަ ވަރަށްސާފް ތިޔަ އީހަރާމްހުކުމެއްކޮށްގެން ޕީޕީއެމް ފޭރިގަނެފައިވާބައެއް ވަރަށްސާފް
މިހާރުވެސް ގަބޫލްކުރާބަޔަކު އެބަތިބި ލޮލަށްދައްކާ ބޭނުންކުރަމުން މިއަންނަނީ ، ގަބޫލްނުކުރަނީ ތިމާމެންނޫން މީހަކަށް ކަމެއްނުވާނެ ކަމަށް ގަބޫލްކުރާބައެއްް…
އަދުރޭގެ މޮޅުހިސާބު ޖަހައިގެން މިތަށްލަށްކަ ވޯޓް ޔާމީނަށް ލިބޭނެކަމަށްބުނެ 2018 ގެ ޖަލުގެ ވެރިކަންވެސް ކުރަނީޔާމީނެއްނު ވަރަށްސާފް
ކަލޯ 50 އަހަރު ފަހަށް ބާއްވާލާ އެދުވަސް ފެންނާނެތަ ތިޔަ ބުރޯއަާް