ޚަބަރު ސިޔާސީ ޝަރުޢީ ދާއިރާ

"އަދަދު"ނޫހަށް ފިޔަވަޅު އެޅުމަށް ޕީޕީއެމް އިން ގޮވައިލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން. ފޮޓޯ: ޕީޕީއެމް

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލައިފައިވާ މަނީ ލޯންޑްރިންއާއި ރިޝްވަތު ހިފުމުގެ ދައުވާގައި، ތަޙްޤީޤަށް ރައީސް ޔާމީން ދެއްވި ކަމަށް ބުނާ ބަޔާނުގެ ބައެއް އޮންލައިން ނޫހެއް ކަމަށްވާ "އަދަދު"އިން ޝާއިއު ކުރުމުން އެ ނޫހަށް ފިޔަވަޅު އަޅައިދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވައިލައްވައިފިއެވެ.

Ads by MWSC

"17 މިލިއަން ބެހެއްޓީ ދޫވެހީގައި، ޑޮލަރު ގަނެ ޔާމީން ބޭނުންވީ އެކައުންޓަށް އެކަށީގެންވާ އަދަދެއް ލާން" މި ސުރުޚީގެ ދަށުން "އަދަދު" ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ރައީސް ޔާމީން ތުހުމަތުތަކުން ދިފާއުވާން ފައިސާގެ މުއާލާތް ހިންގެވި ގޮތުގެ ތަފްސީލީ މައުލޫމާތު ކަމަށް ބުނާ މައުލޫމާތުތަކެއް ވަނީ ހިމަނައިފައެވެ.

މިކަމާ ގުޅިގެން ޕްރޮގްރަސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ގުޅޭ ގޮތުން 2021 އޯގަސްޓް 4 ވަނަ ދުވަހު ޢަދަދު ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި ކަންބޮޑުވާ އެތައް ކަމެއް ހުރިކަން ފާހަގަކޮށް އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުވާލުމާ އެކު، ޝަރީޢަތަށް ނޫފޫޒު ފޯރުވުމަށް ސަރުކާރު އަޑީގައި އޮވެގެން ހިންގައިފައިވާ ކަމެއްގެ ގޮތުގައި އެ ކޯލިޝަނުން ދެކޭ ކަމެއްގެ ގޮތުގައި ބަޔާނުގައިވެއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، "އަދަދު"ގައި ޝާއިއު ކުރި ޚަބަރުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ވަކީލުންގެ ފަރާތްޕުޅުން ކޯޓުގައި ދައްކަވައިފައިވާ ވާހަކަތަކެއްގެ އިތުރުން، އެމަނިކުފާނުގެ ފަރާތްޕުޅުން ތަޙުޤީޤީ އިދާރާއަކަށް ދެއްވައިފައިވާ ކަމަށް ބުނާ ޞައްޙަކަން ކަށަވަރު ނުވާ އެތައް މަޢުލޫމާތެއް ހުރިކަން ވަނީ ފާހަގަވެފައިވާ ކަމަށެވެ.

"ކޯޓެއްގައި ހިނގަމުން ދާ މައްސަލައަކާ ގުޅިގެން، ތަޙުޤީޤީ އިދާރާއަކަށް ޢާންމު ފަރުދަކު ދީފައިވާ މަޢުލޫމާތުތަކެއް ނޫހެއްގައި ޝާއިޢުކޮށް ހެދުމަކީ ޝަރީޢަތަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމުގެ ޢަމަލެއްކަމުގައި ބެލެވޭއިރު، އެފަދަ މަޢުލޫމާތެއްގެ ތެދު ދޮގު ސާފު ކުރުމެއް ނެތި ޝާއިޢުކުރި ފަރާތުން އެ ކުރަނީ ޖިނާޢި ކުށެއްގެ ގޮތުގައި މިކޯލިޝަނުން ސިފަ ކުރަމެވެ. އަދި މިކަން ބަލާ އެ ޚަބަރު ލިޔެފައިވާ ފަރާތަށާއި، އެ ނޫހުގެ އެޑިޓަރު އަދި މަސްއޫލުވެރިންނާއި މެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ." ބަޔާނުގައި ވެއެވެ.

އަދި އެ ބަޔާނެއް ނުވަތަ އެ ބަޔާނެއްގައިވާ ވާހަކަތަކެއް އެ ނޫހަކަށް ލިބިފައިވާ ގޮތެއް ވެސް ހޯދާ އެ ކަން ކުރި ބަޔަކާ މެދު ވެސް ފިޔަވަޅު އެޅުމަށް ގޮވައިލާ ކަމަށާއި ބަޔާން ލީކްކޮށްލީ ސަރުކާރާއި ޕްރޮސެކިއުޓަރ ޖެނެރަލްއާއި ފުލުހުންގެ އިދާރާ ގުޅިގެން ކަމަށް ބެލުމުގެ ޖާގަ އޮތްކަމަށް ފެންނަ ކަމަށާއި އެކަން ވެސް ސަރުކާރުގެ ނުފޫޒުތަކުން އެކަހެރިވެފައިވާ ދައުލަތުގެ މިނިވަން މުއައްސަސާއަކުން ބަލައި ފިޔަވަޅު އެޅުމަށް އެ ކޯލިޝަނުން ވަނީ ގޮވައިލައްވައިފައެވެ.

Ads by HDC
  1. ކުޑަމާލޭ މޮހޮނދުބޭ

    ކޮންވާހަކަޔެއް ދައްކާކަށް. ތިޔަބުނާ ޔާމީނަކު އަނދަގޮޑިޔަށްލާންވީޓަ ކިތަންމެޒަމާނެއް. އަތްކަނަޑަންވެފަ ހުރި ވަގެއް ތީ. ފުށްގިރގިރީނުން އެބުނަ ބަންގާޅީސޮރުގެ ހަވާދުއިސްޓޯރުގެ ދުވަސްދުއްވަލާފިޔޯ އެސޮރު ގެ ފްރެންޑު ހުނިގޮޑިވަގު އެބަގޮވާ. ޔަމީނަށް ޖެހޭނީ ހަމަރައްޔިތުންގެ ލާރިން ވައްކަންކުރީތީ އުމުރުދުވަހު ޖަލުގަ އޮންނަން. އެވެސް އަތްކަނޑާފަ. ވަގަސްނެގި ފައިސާވެސް ޖެހޭނީދައްކަން. ލާރިނެތިއްޔާ ހެންވޭރުން އެމުސްކުޅިމީހައަތުން ދަމައިގަތް ގޯއްޗާ ސައިމަޅަހުއްތު އަތުން ދަމައިގަތް ގޯތިވިއްކާލާފާ ނަމަވެސް ލަރިޖެހޭނީ ހަމަދައްކަން