ސިޔާސީ

ރިޔާސީ އިންތިޚާބުގައި އެމްޑީޕީއިން ވާދަ ކުރާނީ ރައީސް ޞާލިޙް، ރައީސް ނަޝީދު ޖެހޭނީ އައު ޕާޓީއެއް އުފައްދަވަން: އުމަރު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި ރައީސް ނަޝީދު

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ތެރޭގައި މިހާރު ޖެހިގެން އުޅޭ މައްސަލައަކީ 2023ވަނަ އަހަރު އޮންނަ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދަވާނެ ބޭފުޅަކާ ހަމައިން އުފެދިގެން އައި މައްސަލައެއް ކަމަށާއި އެ ޕާޓީގެ ތެރޭގައި ހިނގަމުން އަންނަ ކޯޅުން ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނާނެ ކަމަށް ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސަންގު ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ހިނގާ ކޯޅުން އަދި ވަރަށް ބޮޑުވާނެ ކަމަށާއި 2023ވަނަ އަހަރު އަންނައިރު އެ ޕާޓީ ދެފަޅި ވާނެ ކަމަށެވެ. އަދި ޕާޓީގެ ޓިކެޓް ލިބިވަޑައިގަންނާވާނީ ރައީސް ޞާލިޙަށް ކަމަށާއި ރައީސް ނަޝީދަށް އޮތީ މިނިވަންކޮށް ކުރިމަތިލެއްވުން ކަމަށާއި ނޫނީ އެހެން ޕާޓީއެއް އުފެއްދެވުން ކަމަށެވެ.

"އެމްޑީޕީގެ އެތެރޭގައި ހިނގާ ކޯޅުން ވަރަށް ބޮޑުވެގެންދާނެ. އެ ކޯޅުމުގައި އެ ޕާޓީ ދެ ބައިވާނެ. އެ ޕާޓީގެ ރިޔާސީ ޓިކެޓް ހާސިލް ކުރާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް. ނަޝީދު ދެން ޖެހިވަޑައިގަންނަވާނީ ޕާޓީއިން ވަކިވެ ލައްވަން ނުވަތަ އެ ބޭފުޅާއަށް ޖެހިލައްވާނީ އެހެން ޕާޓީއެއް ހައްދަވަން ނުވަތަ މިނިވަންކޮށް ވާދަ ކުރައްވަން" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ރައީސްކަން ކުރައްވާ ބޭފުޅަކަށް އަބަދުވެސް ބާރުތައް އޮންނާނެ ކަމަށާއި ރައީސްއާއި ޕާޓީގެ ރައީސްގެ ކޯޅުމަކީ ދިވެހިންނަށް އައުކަމެއް ނޫން ކަމަށެވެ. މިގޮތުން ވިދާޅުވީ، ރައީސް މައުމޫނާއި ރައީސް ޔަމީންއާ ދެމެދު މިކޯޅުން ހިނގި ކަމަށާއި އެ ފަހަރު ވެސް ކުރި ހޯއްދެވީ ރާއްޖޭގެ ރައީސަކަށް ހުންނެވި ބޭފުޅާ ކަމަށެވެ. އަދި ރައީސް ޔާމީން، ރައީސް މައުމޫން ޖަލަށް ލެއްވި ގޮތަށް، ރައީސް ޞާލިޙް، ރައީސް ނަޝީދު ޖަލަށް ނުލައްވައިފާނެ ކަމަށާއި އެހެން ނަމަވެސް އެއީ ނާންނާނެ ދުވަހެއްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ ދެފަޅި ވިޔަސް، ދެވަނަ ބުރުގައި ރައީސް ޞާލިޙް އަދި ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އާޚިރުގައި އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީ ބައިވެ ދެ ފެކްޝަނަކަށް ބައިވެގެން ދިޔަ ނަމަވެސް ރިޔާސީ އިންތިޚާބެއްގެ ދެވަނަ ބުރަކަށް އަންނަ އިރުގައި މި ދެ ބޭފުޅުން ވެސް މަސައްކަތް ކުރައްވާނީ އެއްކޮށް. އެއީ އެ ދެ ބޭފުޅުންނަށް ވެސް އެނގޭނެ ކަނޑު ވަންޏާ ވާނީ އެއްކޮށްކަން. ރިޔާސީ އިންތިޚާބުގައި ބަލިވެގެން" އުމަރު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންނަށް ބައިވެރިވެވޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"ރައީސް ޔާމީންގެ ނަންފުޅެއް ނޯންނާނެ ރިޔާސީ ޓިކެޓްގައެއް. އެއީ އެކަން ވިޔަކަ ނުދޭނެ އެމްޑީޕީ ބޭފުޅުންނެއް. އަދި ސަރުކާރުގައި ތިއްބެވި ބޭފުޅުންނެއް. އެއީ ސަރުކާރު ތެރޭގައި ތިއްބެވި އިމްރާންއާއި މައުމޫނާއި، އެ ހުރިހާ ބޭފުޅުންނަކީ އެބޭފުޅާގެ ވެރިކަމުގައި ޖަލަށް ލެވިފައި ތިބި ބޭފުޅުން"

ރިޔާސީ އިންތިޚާބުގައި މިފަހަރު އިތުރު ފިކުރަކަށް ޖާގަ އޮތް ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެ، އުމަރު ވިދާޅުވީ، މިހާރު ރައްޔިތުންގެ މެޖޯރިޓީ ބޭނުން ވަނީ އައު ބަޔަކާ ވެރިކަން ހަވާލު ކުރުމަށް ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި ޕާޓީތަކުން ކުރި ވެރިކަންތައް ރައްޔިތުން ބަލައި ނުގަންނަ ކަމަށާއި މިއަދު ކިޔަވައިގެން ތިބި މީހުން ޕާޓީތަކުން ވަކިވެ، ނުކިޔަވާ އެކްޓިވިސްޓުން ސަރުކާރު ހިންގުމާ ހަވާލުވެފައިވާ ކަމަށެވެ. އުމަރު ވިދާޅުވީ، އެ ކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި މިއަދު ރާއްޖެ މިއޮތީ އިޤްތިޞާދީ ގޮތުން ވަރަށް ދަށުގައި ކަމަށެވެ.

Ads by Allied Insurance
  1. ގަންޖާ

    ތިކަލޭގެގުރާދޫމުޔަމީހުގެޕާޓީއެއްހަދާ