ސިޔާސީ

ރައީސް ޔާމީން ޖޫރިމަނާ ނުދައްކަވާތީ ފައިސާ ހޯދަން ކޯޓަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރައީސް ޔާމީން ޝަރީއަތުގެ މަޖިލީހުގައި

މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ހުކުމް ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ނުދައްކަވާ ކަމަށް ބުނެ، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް އިއްވައިފައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމަކާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އަދި އެ ފައިސާ ހަ މަސް ތެރޭގައި ދެއްކުމަށް ހުކުމްގައި ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް މި ހުކުމް ކްރިމިނަލް ކޯޓުން އިއްވައިފައި ވަނީ 28 ނޮވެންބަރު 2019 ގައެވެ.

ނަމަވެސް ހުކުމުގައި ކަނޑައަޅައިފައިވާ މުއްދަތު ފާއިތުވެގެންދިިޔަ އިރުވެސް ރައީސް ޔާމީން އެ ފައިސާ ދައްކަވާފައި ނުވާ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ. އެހެންކަމުން މިހާރު އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.

އެ އޮފީހުން ބުނިގޮތުގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް މިދިޔަ ޖޫން 26ގައި ނޯޓިސް ވެސް ފޮނުވައި އެ ނޯޓިސްއާ ހަވާލުވުމަށް ފަހު މުއްދަތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

Ads by Ooredoo
  1. ނަރުދޫ ހަސަނު

    މި ނޫހުގަ ލިޔާ ކޮމެންޓް ތަކަށް މިވަނީ ކީއް. ޙާދަ ކަމެއްނެތް ނޫހެކޭ ދޯ މީ. ކޮމެންޓްގަނޑެއްވެސް ޖަހާލާކަސް ނުކެރޭ. އދި އިތުރު ދެ ނޫން ނެރެންވީނު. ނަމަކަސް ކިޔާނީ ” ދެންއަޅެ” އާއި ” ދެންފަހެ’ އެކަމަކު ލިޔާހުރިހާ ލިޔުންތަކަށް ކުރާ ކޮމެންޓް ވާންޖެހޭނީ ހުދުކާފޫރަށް….. ނޫސް ނެރެނިއްޔޯ. ހުން