ޚަބަރު ސިޔާސީ

ހުޅުވައިލައިފައި ވަނީ މަންދޫބުންނަށް ކުރިމަތިލާން،ރައީސް އަދި ނައިބު ރައީސްއަކަށް ނޫން: އެމްއާރުއެމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ރާއްޖެއެމްވީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދަވައިފައިވާ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި މަންދޫބުންނަށް ވާން އެ ޕާޓީގެ މެމްބަރުންނަށް ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

"ދެން"އަށް މަައުލޫމާތު ދެއްވަމުން އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސާ އާމިނަތު ނާދިރާ ވިދާޅުވީ ހުޅުވައިލައިފައި ވަނީ އެ ކޮންވެންޝަންގައި ބައިވެރިވާނެ މަންދޫބުން ހޯދުމަށް ކަމަށެވެ.

"އެ ޖަލްސާގައި ބައިވެރިވާނެ މަންދޫބުން ހޯދުމަށް ހުޅުވައިލައިފައި ވަނީ. ރައީސްއާއި ނައިބު ރައީސްއަކަށް ނޫން. އަދި އަންނަ ހަފްތާގައި ވެސް ރައީސްއާއި ނައިބު ރައީސްއަށް ކުރިމަތިލުމަށް ހުޅުވައިލާ ގޮތަކަށް ނޫން އޮތީ" ނާދިރާ ވިދާޅުވިއެވެ.

އެމް.އާރް.އެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން 02 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މަންދޫބުންގެ ގޮތުގައި ނޭޝަނަލް ކޮންވެންޝަންގައި ބައިވެރިވުމަށް އެދޭ ޕާޓީގެ މެންބަރުންނަށް އެފުރުޞަތު މިހާރުވަނީ ހުޅުވާލައިފައިކަމަށް އެޕާޓީން ބުނެއެވެ. މިގޮތުން އިއްޔެއިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހުގެ ހަވީރު 16:00އާ ހަމައަށް ހުޅުވައިލައިފައިވާ މިފުރުސަތުގައި ކުރިމަތިލެވޭނީ އެޕާޓީގެ މެމްބަރުންނަށް އެކަނި ކަމަށް ވެސް އެ ޕާޓީން މައުލޫމާތު ދެއްވައެވެ.

އަދި މިކަމަށް ޝައުގު ވެރިކަން ހުރި ޕާޓީގެ މެމްބަރުން މަންދޫބުންގެ ގޮތުގައި ބައިވެރި ވުމަށް އެދޭ
މެންބަރުން، މަންދޫބަކަށް ވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ޕާޓީ އޮފީހަށް ހުށަހެޅުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

  1. ެސުހުފި

    ފާޑުފާޑު މައްދޫބުއް އައްޔަނުނުކޮއް ދަރި ގައްސާނާ ފާރިސް އާދެބެއިން ގެނަސް މެއްބަރުއްހަމަކޮއްބަލަ މިހުންބުނައްމިޖެހުނީ ހިތައްއަރާއެއްޗެއްގެ ބޮށޑުކަމުން!!

    • ޙަސަނާ

      ކަލޭ ފުރަތަމަ ރަނގަޅަށް ލިޔެކިޔަން ދަސްކުރަންވީނު.