ޚަބަރު ސިޔާސީ ޝަރުޢީ ދާއިރާ

ނަޖީބަކީ، އެމްޑީޕީއާ ގުޅިގެން ޔާމީން ޖަލަށް ލުމަށް އަޅުގަނޑު ގާތު އެދުނު ބޭފުޅެއް:ހައިލަމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކުރީގެ ފަނޑިޔާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު، ގާޒީ ހައިލަމްއާ ގުޅުވައި ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި އޭނާއަކީ ވަޒީފާގެ ކަށަވަރުކަމަށް ޓަކައި އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ޖަލަށް ލުމަށް ހައިލަމް ގާތު އެދުނު ބޭފުޅެއްކަމަށް ހައިލަމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތާ މެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން، ހައިލަމާ ބެހޭގޮތުން ފަނޑިޔާރު ނަޖީބު ދެއްކެވި ވާހަކަތައް ކުށްވެރިކުރައްވާކަމަށެވެ.

"ރައީސް ޔާމީންގެ ޝަރީޢަތާ މެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން، ކުރީގެ ޤާޟީ ނަޖީބު އަޅުގަނޑާ ބެހޭ ގޮތުން ދެއްކެވި ޙަޤީޤަތާ ޚިލާފު ވާހަކަތައް ކުށްވެރިކުރަން. ނަޖީބަކީ، ވަޒީފާގެ ކަށަވަރުކަމަށް ޓަކައި އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ޖަލަށް ލުމަށް އަޅުގަނޑު ގާތު އެދުނު ބޭފުޅެއް." ހައިލަމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށާއި މިގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވާކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބް ވަނީ ވިދާޅުވެފައެވެ. ޔާމީންގެ ޝަރީއަތް އެންމެ ފުރަތަމަ ބެއްލެވީ ގާޒީ އަލްއުސްތާޒު އަހުމަދު ހައިލަމް ކަމަށާއި އަލީ ޒާހިރު ހައިލަމް ފޯނަށް ގުޅައިގެން ވާހަކަ ދެއްކެވިއިރު ސްޕީކަރަށް ލައިގެން ވާހަކަ ދެއްކި ކަމަށް ފަނޑިޔާރު ނަޖީބު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސްޕްރީމްކޯޓުން ހައިލަމަށް ޖާގަ ކަށަވަރުވެފައިވާ ކަމަށް އަލީ ޒާހިރު ހައިލަމް ގާތުގައި ބުނެފައިވާކަމަށް ފަނޑިޔާރު ނަޖީބު ވިދާޅުވިއެވެ.

Ads by Ooredoo
  1. ރައްޔިތު މީހާ

    ތިޔަ އަލީ ޒާހިރު ތުނބުޅި އެއީ ކީތް ކުރާ އެއްޗެއްތޯ އަހާބަލަ