ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ "ފްރޭމް"ކޮށް ޖަލަން ލާން ޖެހުނު ސަބަބެއް ނެތް ކަމަށާއި ރައީސް ޔާމީނާ އެކު ސިޔާސީ ގޮތުން މަސައްކަތް ކުރާނެ މަރުހަލާއެއް ނާންނާނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އަވަސްއިން ގެނެސްދޭ ސުވާލަކަށް ފަހު ސުވާލެއް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދެން ގެންނަން ކުފޫ ހަމަވާ ބޭފުޅެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ސިޔާސީ ގޮތުން އަޅުގަނޑު ރައީސް ޔާމީނާ އެކު ސިޔާސީ ގޮތުން މަސައްކަތް ކުރާނެ މަރުހަލާއެއް ނާންނާނެ: ނާޒިމް އެއީ އިރާދަކުރެއްވިއްޔާ ނުވާނެ ކަމެއް އެނގޭތޯ. އެއީ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ސިޔާސީ ގޮތުން އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުންނަވާކަށް. އެއީ މިހާތަނަށް އަޅުގަނޑަށް ކުރެވުނު ތަޖުރިބާގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދެން ގެންނަން ކުފޫ ހަމަވާ ބޭފުޅެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެހެންވީމަ އަޅުގަނޑެއް ޔާމީން އަރިހުގައި މަސައްކަތެއް ނުކުރާނެ." ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފިސްތޯލައެއް ގެންގުޅުއްވިކަމަށް ބުނެ ފްރޭމްކޮށް އަނިޔާ ދެއްވި ސަބަބެއް ނޭނގޭކަމަށާއި އެކަމުގެ ހަގީގަތް އެނގެން ބޭނުންވާކަމަށެވެ.
ނާޒިމް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާއަށް ނޭނގި ޑިފެންސް މިނިސްޓަރުގެ ގެއަކަށް ފުލުހުންނަށް ނުވަދެވޭނެ ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީންއަށް އެކަން އެނގިވަޑައިގަންނަވާ ކަމަށް ނުހެއްދެވި ކަމަށެވެ. މީގެ އިތުުރުން ވެސް އެދުވަހު ހިނގައިދިޔަ ކަންކަން އެ ވަނީ ނިމިފައި ކަމަށާއި އެކަމަށް ޓަކައި ރައީސް ޔާމީންއަށް ހިތް ބުރަކަމެއް ނެތް ކަމަށެވެ. އަދި މިވަގުތު ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވައިފައިވާ ހާލުން އެއީ ކިހާ ބޮޑު އަނިޔާއެއްކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ހާދަ ރަނގަޅޭ. ތިގޮތުގަ ހުންނާތި. ނަޝީދެކޭ އެއްގޮތަށް ކަލޭގެ ބަލާވެސް ފިއްލެވުން ދުއާއަކީ.