ރައީސް ޔާމީންގެ ވެރިކަމަކީ ރަން 5 އަހަރު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމްގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ރަން 5 އަހަރުގެ ގޮތުގައި ސިފަ ކުރައްވަން ޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ، މިގޮތުން ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވިކަން ފާހަގަ ކުރައްވަމުން ޣައްސާން ވިދާޅުވީ އެއީ ވެރިއަކު ގައުމަށާއި ރައްޔިތުންނަށް ޚިދްމަތްކޮށްދެއްވަން ހިތްޕުޅުގައި ކަނޑައަޅުއްވައިގެން ފަރުވާތެރިކަމާއި ރޭވުންތެރިކަމާ އެކު ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ ކަމަށެވެ
"އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރު އަޅުގަނޑު ތަސައްވަރު ކުރަނީ ރާއްޖޭގެ ވެރިކަމުގެ ރަން 5 އަހަރުގޮތަށް. އެއީ ވަރަށް ގިނަ ސަބަބު ތަކެއް ހުރެގެން. " ޣައްސާން ވިދާޅުވިއެވެ.
ޣައްސާނު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ގައުމަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ދާހިލީ ގޮތުންނާއި ހާރިޖީ ގޮތުން ވެސް ކުރިމަތިވި ކަމަށެވެ. މިގޮތުން މާލެއަށް ދިމާވި ފެނުގެ ކާރިސާގައި އެ މަނިކުފާނު ހޭފުޅުލައްވައި ހުންނަވައިގެން ރައްޔިތުންނަށް ހައްލު ހޯއްދަވައިދެއްވުމަށް ކޮށްދެއްވި މަސައްކަތް ޣަައްސާން ވަނީ ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން އެ މަނިކުފާނުގެ ވެރިކަމުގައި ފެތުރު އެޗްވަން އެންވަން ފެތުރު ވަގުތު އެބަލިމަޑުކަމާއި ކުރިމަތިލެއްވި ގޮތް ހަނދާން ކުރަންޖެހޭކަމަށް ޣައްސާން ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމާއި ހަވާލު ވީއިރު ރާއްޖޭގެ ޖީޑީޕީގެ ނިސްބަތް އޮތް މިންވަރު މައްޗަށް ގެންދެވިކަން ފާހަގަ ކުރައްވާ އެކަން ވެސް ޣައްސާން ވަނީ ފާހަގަ ކުރައްވައިފައެވެ.
"އެމަނިިކުފާނުވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު އިގްތިސާދު މިންކުރާ އެއްމިިންގަނޑު ކަމުގައިވާ ޖީޑީޕީ ބޮލަކަށް ޖެހޭ އަދަދު އޮތީ ގާތްގަނޑަކަށް 7 ހާސް ޑޮލަރާ ހަމައިގަ. އެމަނިކުފާނު ވެރިކަމުން ފައިބައި ވަޑައިގެންނެވި އިރު އެތައް ހާސް ޑޮލަރަކުން އެއަދަދު އިތުރު ވެފައި އެބައޮތް. މިއީ ސަބަބުތަކެއް ހުރެގެން ވީކަމެއް" ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ ރާއްޖޭގެ އުތުރުން ދެކުނަން ރައީސް ޔާމީންގެ ތަރައްގީގެ ރަހަ ނުދެކޭ އެއްވެސް ރަށެއް ނެތް ކަމަށާއި އެމަނިކުފާނު މިމަސައްކަތް ކުރެއްވީ ރާއްޖޭން ބޭރުން ފައިސާހޯދައިގެން ކަމަށެވެ.
ޝުކުރިއްޔާ ޢިއްޒަތްތެރި މެންބަރު