އެމްއެމްޕީއާރުސީ ޚިޔާނާތުގެ ޞައްޙަ ލިސްޓެއް އެކުލަވައިލާ ނަމަ އެ ލިސްޓު ފެށޭނީ މިހާރު ޕްރޮސިކުއިޓާ ޖެނެރަލް އޮފީހުން ފެށިގެންކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައްޙަ ލިސްޓު ފެށެނީ މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލާ ހަމައިން ކަމަށާއި ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން ނޯޅޭ ކަމަށެވެ. އަދި ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަޙުޤީޤު ޓީމަށް ރައްދުކޮށްދިނީ އަލީ ވަހީދުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ “ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވާނުލެވޭނެ” ކަމަށެވެ.
މީގެ އިތުރުން ކުރެއްވި ޓްވީޓެއްގައި އަލީ ވަހީދު ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަކުރި އެމް.ޑީ.އެންގެ ޗެއަރޕާސަންކަން ކުރިކަން ހަނދާން ނެތްކަމަށް ވިދާޅުވި މީހަކަށް، ރައްޔިތުންގެ ނޭވާ ހޮޅިން ވެންޓިލޭޓަރުން ވައްކަންކުރިކަން ނޭނގުނު މީހަކަށް، ފަތިސްކަމަށް މެންދުރު ޓްވީޓް ކުރާ މީހަކަށް، ޢަލީ ވަޙީދު ވެސް އޮޅިދާނެ ކަމަށެވެ.
ތިއީ ވަރައްބޮޑުތެދެއް ، ހުރިހާމައްސަލައެއްވެސް އަދުލުވެރިކަމާއެކު ބެލެންޖެހޭ، އަދި ރައްޔިތުން ނައް ހިޔާނަތް ތެރިވެފައިވާ މީހުން އަމިއްލައަށް އެމަގާމުތަކުން އިސްތިއުފާ ދޭންޖެހޭ، އަބަދަކު މިދުނިޔޭގައި ނުތިބޭނެކަން އެންމެންވެސް ޤަބޫލުކުރާނެ ޙަޤީގަތެއް . މިދުނިޔޭގައި އިންސާފުނުލިބުނަސް މާދަމާ ﷲ ސުބުހާނަހޫ ވަތައާލާގެ ޙަޒުތުގައި އިންސާފު ޤާއިމުވެގެން ދާނެކަން ޔަޤީން
ކޯލިސަން އަދިސަރުކާރުން ކޮނގެން އުލޭހަޑި ތިމީހުންހީކުރަނީ މަރުވީމަ ނިމުނީކަމަނތަ އަދި ެމމެލަދުވެތީ އިލްމުވެރިންވެސް ހިމެނޭތި އެތްގަޑުން އިލުވެރިވީމަވެސ ވެދާނެ އެހެން ކޮންފަދަ ނުބަ އަމަލެން ދޮގަކީ ނުބާނުލަފާ ކަންތަކުގެ ތަޅުދަޑިޔޭ ބުނޭނު