ސިޔާސީ

ނާޒިމާއި ރިޔާޒަށް 10 މިލިއަން ހަރަދު ކުރިން، އިހުލާސްތެރިއެއް ނުވި: ގާސިމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރުމަށް 10 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށާއި ނަމަވެސް އެ ދެ ބޭފުޅުންނަށް އިހުލާސްތެރި ނުވެވުނު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖުމްހޫރޫ ޕާޓީން ވަކިވެވަޑައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފައްދަވަން މަސައްކަތް ކުރަމުން ގެންދަވާ ނާޒިމް އާއި ރިޔާޒަށް ފާޑު ވިދާޅުވަމުން، ޖޭޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ އެ ދެ ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅެއް މަޖިލީހަށް އިންތިހާބު ކުރުމަށް 4-5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

ގާސިމް ވިދާޅުވީ މެންބަރު ނާޒިމާއި ރިޔާޒްގެ ދާއިރާތަކުގެ ރައްޔިތުންނަށް އެހީވުމާއި ބޭސްފަރުވާ އާއި ބޭރަށް ކިޔަވަން ފޮނުވުން ފަދަ ގިނަ ކަންކަން އެމަނިކުފާނުގެ އަމިއްލަ ހަރަދުގައި ކުރެއްވި ކަމަށާއި ނަމަވެސް ފަސް އަހަރު ނިމެންދެން ނާޒިމާއި ރިޔާޒަށް ޕާޓީގައި މަަޑުކޮށް ނުލެވުނު ކަމަށެވެ.

"އިހުލާސްތެރިކަމުގެ ކުޑަ މިންވަރެއް ވެސް ހުރި ނަމަ ޖޭޕީގެ ޓިކެޓުގައި ފަސް އަހަރު ހުންނާނެ. 10 މިލިއަން ރުފިޔާ އަނބުރާ ދިން ނަމަ ވެސް ނިދާފަ އޮތް ޕާޓީއެއް ވީމަ ކުރިޔަށް އޮތް މަސައްކަތްތަކަށް ވެސް ރަނގަޅު ވީސް. އެކަމަކު އިހުލާސްތެރިވާކަށް މި ބޭފުޅުންނަށް ނޭނގުނު" ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ނާޒިމް އާއި ރިޔާޒަކީ ވަރަށް ކައިރިން ގެންގުޅުއްވި ދެ ބޭފުޅުން ކަމަށާއި ހާއްސަކޮށް ރިޔާޒަކީ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ ބޭފުޅަކަށް ވާތީ އެމަނިކުފާނަށް ވަރަށް އިތުބާރު ކުރެއްވި ކަމަށެވެ.

  1. ޙަމީޒު

    ޢަސްތާ ރިޝްވަތާއި ކަންކަން ފަޅާލަނީ،ދެން ގާސިމް އާއި ކޯލިޝަން ސަރުކާރުގެ އިޚުލާސްބތެރިކަން ކޮބާ؟ ޢަގަ ހުޅުވާ މީހާގެ ވަޒީފާވެސް ގެއްލޭނެ އަސްލު ނަމުގަ ކޮމެންޓު ކުރަންޏާ

  2. ޚިޔާލެއް

    ޕާޓީ ބަދަލްކުރުމުން ގޮނޑި ގެއްލޭ ގެއްލުން މިހާރު ކޮބާ އެ މައްސަލަ ޤާސިމް ހުށަހަޅަންވީނު؟

  3. ޟާނު

    20 އަހަރު 17 އަހަރު ވިލާގަ ތެދުވެރިކަމާ އެކު މަސައްކަތްކޮށްފަ ތިބި މީހުންވެސް ގާސިމް ކާޑާއެއްލާލީ ކޮނަ އިހުލާސްތެރި ކަމެއް ހުރެގެންތޯ

  4. ކަނބުލޮ

    އެޔަށްވުރެވެސް ގިނަވާނެ . ބއްޔާ ބެއްޔާ މުސްކުޅިވީމާ އެމީހުން ހަދަނީ ހަދާނެ އެއްޗެއް ބެއްޔާ ވަރެއް ނެތް. އެކަމަކު ކަލަ ނުގޮވާތި ދެންފަހަރަކުންވެސް.

  5. ޙޮސާން

    އިހުލާސްތެރިނަމަ މުއައްޒިަފުންގެ ކަނަތައް ފުރަތަމަ ހަމަޖައްސާނީ.