ދުނިޔޭގެ ރަސްކަން ލިބުނަސް ސަލާން ޖަހަން ގެންގުޅުނު ނާށިގަނޑުމަތިން ހަނދާން ނައްތައިނުލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިިގިލީ ދާއިރާ މަޖިލީސް މެމްބަރު ޤާސިމް އިބްރާހީމް، ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވީ އެޕާޓީ އާ އަލަށް ގުޅުނު ފަރާތްތަކުގެ ފޯމާ ހަވާލުވުމަށް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް އަމާޒުކޮށް ގާސިމް ވިދާޅުވީ މިހައިތަނަށް އައިއިރު ނާޒިމަށް ވަރަށް ގިނަ ކަންތައްތައް ކޮށްދެވިފައި ވާނެ ކަމަށެވެ. ގާސިމް ވަނީ ނާޒިމް އެ ހިސާބަށް ގެނެސްދިނީ ކާކުތޯ ސުވާލު ކުރައްވައިފައެވެ.
“"އަބަދުވެސް މުސްކުޅިން ބުނެއުޅޭ ވާހައެއް އޮންނާނެ ސަލާން ޖަހަން ގެންގުޅުނު ނާށިގަނޑުމަތިން ހަނދާން ނައްތާ ނުލާށޭ ދުނިޔޭގެ ރަސްކަން ލިބޭ ދުވަހު ވެސް” ގާސިމް ވިދާޅުވިއެވެ.
“ނާޒިމް އެހިސާބަށް ގެނެސްދިނީ ކާކުތޯ؟ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ހޯދައިދިނީ ކާކުތޯ؟ އޭނާއަށް އަޅުގަނޑުގެ ޕޮލިޓިކަލް އެޑްވައިޒަރުކަން ނުދެންތޯ؟ ރައްޔިތުންގެ މަޖިލީހުގެ ލީޑަރުގެ ނައިބުކަން އޭނާއަށް ހަވާލެއް ނުކުރަންތޯ؟،" ޤާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފައްދަވަން މަސައްކަތް ކުރަމުން ގެންދަވާ ނާޒިމަށް ފާޑު ވިދާޅުވަމުން، ގާސިމް ވިދާޅުވީ ނާޒިމް މަޖިލީހަށް އިންތިހާބު ކުރުމަށް 4-5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވީ މެންބަރު ނާޒިމަށް ދާއިރާތަކުގެ ރައްޔިތުންނަށް އެހީވުމާއި ބޭސްފަރުވާއާއި ބޭރަށް ކިޔަވަން ފޮނުވުން ފަދަ ގިނަ ކަންކަން އެމަނިކުފާނުގެ އަމިއްލަ ހަރަދުގައި ކުރެއްވި ކަމަށާއި ނަމަވެސް ފަސް އަހަރު ނިމެންދެން ނާޒިމާއި ރިޔާޒަށް ޕާޓީގައި މަަޑުކޮށް ނުލެވުނު ކަމަށެވެ.
ނާޒިމް އެއީ ސީދި ބިޑެއް.
ދޮގެއްނޫން އެބުނުއްވިހެން
ގާސިމަށް ދަންނަވާ ލަން ތިޔައީ ވަރަށް ހުތުރު ކަމެއް . އަނބިމީހާ ވެސް ވަރިވެގެން ދިޔައިމަ އޭނާގެ ގޯސްވާހަކަ ދެއްކުން . މަމެންނަށް ގާސިމާ ނުރުހެވޭ ކަމަކީ ތިޔައީ ކަލަ ގޮވާތީ. ބަލަ އޭރު ގާސިމްގެ ބޭނުމަށޭ ހަމަ ފައިސާ ޚަރަދު ކުރީވެސް . އެއީ ގާސިމަށް އަޅުވެތިވާން ދިން ފައިސާއެއް ނޫނެއްނު. ޢެމީހުންގެ އަގު ވައްޓާލަން ކަމމަށް ތިޔަކަހަަލަ ވާހަކަ ދެއްކީމަ ގާސިމްގެ އަގޭ ވެއްޓެނީ .
އަބަދު ކަލަގޮވުން ކަމަކީ.!!!!!