ޕަރިނީތީ ރާއްޖޭގައި ނެގި ފޮޓޯ އިންސްޓަގްރާމް ކުރުމުން ޕްރިޔަންކާ ދިނީ ތަފާތު ޖަވާބެއް!
ބޮލީވުޑްގެ އެކްޓްރެސް ޕަރިނިތީ ޗޯޕްޅާ، އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާއިރު ޗުއްޓީގެ ރީތި ފޮޓޯތައް ދަނީ ފޭނުންނާ ހިއްސާކުރަމުންނެވެ.
ރޭ އިންސްޓަރގްރާމްގައި އޭނާ ވަނީ ރީތި ފޮޓޯއެއް ހިއްސާކޮށްފައެވެ. މިފޮޓޯއާ އެކު އޭނާ ދެބޭންގެ ދެދަރި ދައްތަ ކަމުގައިވާ ޕްރިޔަންކާ ޗޯޕްޅާއަށް ކެތެއް ނުވިއެވެ. "ސަންބާންޓް" ޖަހައިފައިވާ ރަތް ކުލައިގެ ސްވިމިން ސޫޓްއެއް ލައިގެން ހުރި ފޮޓޯއަކާ އެކު އިންސްޓަގްރާމްގައި ޝެއަރކުރި ފޮޓޯއަށް ޕްރިޔަންކާ ވަނީ "އިންސްޕަޔާރޑް މޭބީ؟" ޖަހައި ކޮމެންޓް ކޮށްފައެވެ.
ޕަރިނީތި ޗޯޕްރާ އަދި އޭނާގެ ދެބެންގެ ދެ ދަރި ދައްތަ ޕްރިޔަންކާ ޗޯޕްރާއާއި ދެމީހުން އެންމެ އަވަހަށް ދިމާވާ ފަހަރަކުން "އާރމް ރެސްލިން" މެޗެއް ކުޅުމަށް ޕްރިޔަންކާ، ޕަރިނީތީއަށް ވަނީ މީގެ ކުރިން ދައުވަތު ދީފިއެވެ.
ހޮލީވުޑްގެ ޕޮޕް ލަވަ ކިޔުންތެރިޔާ ނިކް ޖޯނަސްއާއި ކައިވެނިކޮށް ލަންޑަނަށް ދިރިއުޅުން ބަދަލުކޮށްފައިވާ ޕްރިޔަންކާ އޭނާގެ ކޮއްކޮއަށް މި ދައުވަތު ދިނީ އިންސްޓަރގްރާމް ސްޓޯރީއަކުންނެވެ. މިގޮތުން ޕަރިނީތީއަށް އޭނާގެ ފޭނަކު ކޮށްފައިވާ "ކޫލް" ސުވާލެއްގައި ބުނެފައި ވަނީ "އާރމް ރެސްލިން މެޗަކުން ޕްރިޔަންކާ ބަލި ކުރެވިދާނެތޯ"އެވެ. އެ ސުވާލަށް ޖަވާބު ދެމުން ޕަރިނީތީ ބުނެފައި ވަނީ "ނޫން އަހަންނަށް ހީވަނީ އޭނަ އަހަރެން ބަލި ކޮށްފާނެހެން" ކަމަށެވެ.
"ދެން ފަހަރަކުން ގެޔަށް އައިސް މެޗެއް ކުޅެލުން ކިހިނެތްވާނެ؟" ޕަރިނިތީގެ މި ސްޓޯރީ ރިޕޯސްޓް ކުރަމުން ޕްރިޔަންކާ ބުނެފައިވެއެވެ.
ބޮލީވުޑްގެ ކާމިޔާބު މި ދެތަރިންނަކީ ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ދެތަރިންނެވެ. މީގެ ތެރެއިން ޕްރިޔަންކާއަކީ ހޮލީވުޑްގައި ވެސް ފިޔަ ޖަހަމުން އަންނަ ތަރިއެކެވެ
ޚީކޭ ކިޔަމް އުޅެފަހެެެެެމި
އޮތީ