ފުޓްބޯޅަ

ސާފް ޗެމްޕިއަންޝިޕް: ޓިކެޓު ހުސްވުމުން ބަނގްލަދޭޝް ސަޕޯޓަރުން ރަތަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަނގްލަދޭޝް ކުޅޭ މެޗުގައި، ބަނގްލަދޭޝް ސަޕޯޓަރުންނަށް ވިއްކާ ޓިކެޓް ހުސްވުމުން އެ ޓީމުގެ ސަޕޯޓަރުން ނުރުހުން ވަރަށް ބޮޑަށް ފާޅުކޮށްފިއެވެ.

Ads by STELCO

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ފިޔަވައި، މެޗު ބެލުމަށް އެންމެ ގިނަ ސަޕޯޓަރުން ގަލޮޅު ދަނޑަށް ވަނީ ބަނގްލަދޭޝްއަށް ސަޕޯޓު ކުރުމަށެވެ.

ރާއްޖެއަކީ ގިނަ އަދަދެއްގެ ބަނގްލަދޭޝް ރައްޔިތުން ދިރިއުޅެ، މަސައްކަތް ކުރަމުންދާ ޤައުމަކަށް ވުމުން އެޓީމު ކުޅޭ ކޮންމެ މެޗަކަށް ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެއެވެ.

މި މަހުގެ 7ވާ ހުކުރު ދުވަހުގެ ރޭ ރާއްޖެއާ ބަނގްލަދޭޝް ކުޅެން ހަމަޖެހިފައިވާ އިރު، ބަނގްލަދޭޝް ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ ޓިކެޓް ހުސްވުމުން އެޓީމުގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށް ޓިކެޓް ކައުންޓަރުގައި ތިބި މުވައްޒަފުންނާ ހަޑިހުތުރު ބަހުން ވާހަކަދައްކައިފައެވެ. އަދި އެ ސަރަހައްދުގައި ބަނގްލަދޭޝް ރައްޔިތުން ހަޅުތާޅު ކުރަމުން އަންނާތީ ފުލުހުން މިހާރު ވަނީ އެ ސަރަހައްދަށް ގޮސްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Ads by Ooredoo
  1. ޝަރީފް

    7 އެއީ ހުކުރުތޯ؟