"ކުޗް ރަންގް ޕިޔާރް ކީ އޭސީ ބީ 3" އިން އެރިކާ ވަކިވަނީތަ؟
ސޮނީ ޓީވީއިން ދައްކާ ޑްރާމާ ސީރީޒް "ކުޗް ރަންގް ޕިޔާރް ކީ އޭސީ ބީ ސީޒަން 3އިން ޝޯގެ ލީޑް އެކްޓްރެސް އެރިކާ ފެނާންޑޭޒް ވަކިވާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.
މިޑްރާމާއަކީ ދޭވް އަދި ސޮނާކްޝީ ނަމަކަށް ކިޔާ ދެމަފިރިންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ޑްރާމާއެކެވެ. އަދި މިޑްރާމާގެ އަސްލު ސްޓޯރީއަކީ ދޭވް (ޝަހީރް ޝެއިހް) އަދި ސޮނާކްޝީ (އެރިކާ ފެނާންޑޭޒް)އާއި ދެމީހުންގެ ދަރިފުޅު ކަމުގައިވާ ސުހާނާއަކީ އެމީހުންގެ އަސްލު ދަރިއެއް ނޫންކަށް އެމީހުންނަށް ނޭނގި އޮވެ އެކަން އެނގުމުން ހިނގައިދާ ކަންތައްތަކެއް ދައްކުވައިދޭ ޑްރާމާއެކެވެ.
ޑްރާމާއިން މިހާރު ފެނިގެންދަނީ ސުހާނާގެ ބޮޑުދައިތައެއްގެ ގޮތުގައި ސަނާ އަމީން ޝެއިހް ޑްރާމާއަށް ތައާރަފް ވެގެން އުޅޭ ތަނެވެ. އަދި އޭނާ ޑްރާމާއަށް އައުމަށް ފަހު މުޅި ޑްރާމާއެކީހެން "ސަންޖަނާ"ގެ ކެރެކްޓާއަށް ސަމާލުކަން ދިނުމުގެ ސަބަބުން ސޮނާކްޝީގެ ރޯލު ކުޅުމަށް އެރިކާ ދަނީ ދެކޮޅު ހަދަމުންކަމަށް ރިޕޯޓްތައް ބުނެއެވެ. ސަަބަބަކީ އެރިކާގެ ކެރެކްޓާ ކުރި ނާރައި މުޅި ޝޯ ސަންޖަނާއަށް ލެނބުން ކަމުގައި އެރިކާ ބުނެފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް މިއިން އެއްވެސް ކަމެއް އަދި ޑްރާމާއާ ގުޅުން ހުރި އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައި ނުވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
މީގެ އިތުރުން ވެސް ބައެއް ފަރާތްތަކުން ބުނާގޮތުގައި މި ޝޯ ދޫކޮށްލުމަށް އެރިކާ ނިންމީ އިއްޔެ ފަށައިފައިވާ ބިގް ބޮސް ސީޒަން 15އަށް ދިޔުމަށް ކަމަށްވެއެވެ. މިގޮތުން ޝޯގެ ވަކި ހިސާބަކުން ވައިލް ކާޑް ބޭނުންކޮށްގެން ބިގް ބޮސްގެ ގެއަށް އެރިކާ ވަންނާނެއެވެ.
ކަސޯޓީ ޒިންދަގީކޭ ސީޒަން 2އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދައިފައިވާ އެރިކާ ދަނީ ޑްރާމާތަކުން ބެލުންތެރިންގެ ސަމާލުކަން ހޯދަމުންނެވެ.