ގައުމީ ދުވަހު އެންމެ ރަނގަޅު ގޮތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަގާމުން އިސްތިއުފާ ދެއްވުން ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މި ސަރުކާރުން ވަނީ ދިވެހި ގައުމިއްޔަތު "ފުނޑާލައި" ރާއްޖޭގެ މިނިވަންކަން ވިއްކައިލައިފައިކަމަށެވެ. ރައީސް ޞާލިހްގެ އިސްތިއުފާއަށް ތަކުރާރުކޮށް ގޮވާލައްވައި އޭނާ ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ދިވެހިން އަޅުވެތިކޮށްފައި ވާތީ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރެވެނީ މީދޫ ތަކުރާއި މީދޫ ތަކުރުގެ ދަރި ތުއްފާށަނާ ގޮތުގައި ކަމަށާއި ވެރިކަމުގައި ތިބެވިއްޖިއްޔާ އެ ބޭފުޅުންނަށް ހެޔޮ ކަމަށާއި ބާރާއިއާރާ އޮތިއްޔާ އެބޭފުޅުންނަށް އެންމެ ރަނގަޅުކަމަށެވެ.
"އެމީހުން ބުނެ އުޅުނީ ތިމަންނަމެންނަށް މައްސަލައެއް ނެތޭ ދިވެހިން ނޫނަކަސް. ތިމަންނަމެންނަށް ވެރިކަން އޮވެއްޖިއްޔާ ހެވޭ. އެހެންވީމަ އެވަރުގެ ބަޔަކު އަރާ ދައްކާނެ ގައުމީ ވާހަކައެއް ނޯންނާނެ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ގައުމީ ދުވަހު ރައީސް ސޯލިހަށް ކޮށްދެވޭނެ އެންމެ ރަނގަޅު އަނެއް ކަމަކީ މިފަހުގެ ތާރީހުގައި ދިވެހި ގައުމިއްޔަތު ދިރުވާއި ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަންކުރުން ކަމަށެވެ. އަދި ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ވެސް އޭނާ ވަނީ ގޮވައިލައްވައިފައެވެ.
ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށާއި ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ވެސް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ނިންމައިފައެވެ.
އަދުރޭ ޓިނު ވިއްކަން ދިޔުންވެސް ވަރަށް ރަނގަޅުާނެ.