ކުޅިވަރު ފުޓްބޯޅަ

ސާފް ޗެމްޕިއަންޝިޕް: ދިވެހިންނަށް މިފަހަރު ވިއްކަނީ 3000 ޓިކެޓު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މި މަހުގެ 13 ވަނަ ދުވަހު ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު ބެލުމަށް ދިވެހިންނަށް މިފަހަރު 3،000 ޓިކެޓު ވިއްކަން ހަމަޖައްސައިފިއެވެ.

Ads by STELCO

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗަށް މާދަމާ ހެނދުނު 10:00 އިން ފެށިގެން ޓިކެޓު ވިއްކަން ފަށާނެ ކަމަށެވެ.

ދިވެހިންނަށް 3،000 ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާ އިރު، ކޮންމެ މީހަކަށް ވެސް އެންމެ ގިނަ ވެގެން ދޫކުރާނީ ދެ ޓިކެޓު ކަމަށް ވިދާޅުވެފައިވެއެވެ. ޓިކެޓު ވިއްކުމަށް 3 ކައުންޓަރު ހުންނައިރު، ދިވެހިންނަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައި ވަނީ ސޯޝަލް ސެންޓަރުންނެވެ.

އަވޭ ޓީމު (އިންޑިއާ)ގެ ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައި ވަނީ 200 ޓިކެޓެވެ. އެމީހުންނަށް ޓިކެޓު ވިއްކާނީ ގަލޮޅު ދަނޑުން ކަމަށް ވެސް ބައްސާމް ވިދާޅުވެފައިވެއެވެ.

Ads by Allied Insurance
  1. ީެޗެލްސީ

    އަންނަ އަހަރު ސެޕްޓެމްބަރ މަހުގައި ތޯ މެޗު ކުޅެނީ.. ކުޅޭ ތާރީހުވެސް ލިޔެލި ނަމަ…