ޚަބަރު

ޤާސިމްގެ ހަޔާތުގެ މައްޗަށް އިންޓަރނޭޝަނަލް ފެންވަރުގެ ފިލްމެއް ހަދަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޤާސިމް އާއި އޭނާގެ އަނބިކަބަލުން ނަހުލާ

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހަދަން ނިންމައިފިއެވެ.

Ads by STELCO

ޖުމްހޫރީ ޕާޓީގެ ވީޑިއޯ،އޯޑިއޯ ސްކޮޑްގެ ކޯޗެއާ އަދި މަޝްހޫރު ފަންނާނު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވިދާޅުވީ، ވިލާ ކުންފުނީގެ ބާނީގެ ހަޔާތްޕުޅުގެ މައްޗަށް ބައިނަލް އަޤްވާމީ ފެންވަރުގެ ފިލްމެއް ހަދަން ނިންމައިފައިވާ ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން އެކަމުގެ މަޝްވަރާތައް ހިނގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިއްސެ ވިދާޅުވީ، ޤާސިމް އިބްރާޙީމް ވަރަށް ބުރަ މަސައްކަތްކޮށްގެންކަން މިހާރު މިހުރި ހިސާބަށް އައި ވާހަކަ ދޭތެރެއަކުން އަޑުއިވޭ ކަމަށާއި އެހެން ނަމަވެސް ޤާސިމްގެ ހަޔާތުން މިހިސާބަށް އައި ގޮތް އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ޤާސިމް އިބްރާހީމްގެ ބަޔޮގްރަފީގެ ފިލްމެއް ދިވެހިރާއްޖޭގެ ދައުލަތުގެ ލައިބްރަރީގައި އޮންނަން ޖެހޭނެ، ޤާސިމް އިބްރާޙީމްގެ ލައިފް ފެށުނު ގޮތާއި މިހިސާބަށް އައިގޮތް އޮންނަން ޖެހޭނެ،" އިއްސެ ވިދާޅުވިއެވެ.

އިއްސެ ވިދާޅުވީ، ޤާސިމް އިބްރާހީމް ވިޔަފާރީގައި ކާމިޔާބު ހޯއްދަވައި މިހާރު ހުންނެވި ހިސާބަށް ވަޑައިގެންނެވީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކު ކަމަށާއި އެ ކަންކަން ފިލްމުގައި ވަރަށް ރަނގަޅަށް ގެނެސްދޭން މަސައްކަތް ކުރާނެ ކަމަށެވެ.

އެކަމުގެ މިސާލެއް ގޮތުން އިއްސޭ ނެގީ އެންމެފަހުން އޮތް ޓޫރިޒަމް ދުވަހުގެ އިވެންޓްގައި ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ޤާސިމް އިބްރާޙީމްގެ މަސައްކަތްޕުޅާ ބެހޭ ގޮތުން ދެއްކެވި ވާހަކައެވެ. ޓޫރިޒަމް މިނިސްޓަރު ވަނީ އެ އިވެންޓްގައި ޤާސިމަށް ވަރަށް ބޮޑަށް ތާޢީދުކޮށް ވާހަކަފުޅު ދައްކަވައިފައެވެ. އަދި ޤާސިމަކީ އަމިއްލަ ބުރަ މަސައްކަތުން ތަނަވަސްކަން ހޯއްދެވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ތުއްތީ

    ތީ ރަނގަޅު ކަމެއް

  2. އަލީރަޝީދު

    ތިޔަ ފިލްމުގައި ވިޔަފާރި ފައްޓަވަން ފުނަދޫއިން ރޭގަޑު ތެޔޮ ގެންނަވައިގެން އޭއެފް ކިޔާ ފިހާރައެއްގައި (މިހާރު ތީމުގެއާއި އެފިހާރަ އެއްކޮއްލެވިފައި) ވިއްކެވިބައި ނުލައްވާކަމަށް ވަންޏާ ފިލްމު ފުރިހަމައެއް ނުވާނެއެވެ.

    • މީ ނަސީރު ގޯތި ފޮނި އަލީދޯ!